އަންނަ ހޮނިހިރު ދުވަހުގެރޭ ޚާއްސަ ދަރުހެއް ބާއްވަން ޖަމްޢިއްޔަތުއްސަލަފުން ހަމަޖައްސައިފިއެވެ.
”މިނިވަންކަން “މި މައުޟޫއުގެ ދަށުން ކުރިއަށްގެންދާ ދަރުސް އޮންނާނީ މި މަހުގެ 27 ވާ ހޮނިހިރު ދުވަހުގެރޭ 21:00 އާޓިފިޝަލް ބީޗުގައެވެ.
ދަރުސް ދެއްވާނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އަޙްމަދު ސަމީރެވެ.
ޝައިޚް ސަމީރުގެ މި ދަރުސްގައި ރާއްޖޭގެ މިނިވަންކަން މިހާރު އޮތް ގޮތުގެ މައްޗަށް އަލިއަޅުވައިލައްވާނެ ކަމަށް ބެލެވެއެވެ.