އިންޑިއާގެ މޮޑެލް އަދި އެކްޓަރ އަދިތްޔާ ސިންގ ރާޖުޕް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އަންދެރީގައި ހުންނަ އަދިތްޔާ ދިރިއުޅެމުންދާ ކޮޓަރީގެ ފާހަނަ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ޑްރަގް އޯވާޑޯޒް ވެގެންނެވެ.
އަދިތްޔާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާގެ ރަހުމަތްތެރި އަކަށް ކަމަށާއި އޭނާ ދިރިއުޅޭ ގެ ބަލަހައްޓަމުންދާ މީހާއެކު އަދިތްޔާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކުރެވެ.
މި މައްސަލައިގެ ތަހުގީގު ކުރެވެމުންދާ ކަމަށާއި އަދިތްޔާގެ ހަށިގަނޑުގެ ޕޯސްޓްމޯޓާމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދިތްޔާ ފެނިގެންދިޔާ ޝޯވތަކުގެ ތެރޭގައި ރާޖްޕުތާނާ، ކޯޑް ރެޑް އަދި ޔޭ ހޭ އާޝިގީ ފަދަ ޝޯވތައް ފާހަގަކޮށްލެވޭ އިރު އޭނާގެ ފިލްމުތަކުގެ ތެރޭގައި އާދީ ކިންގް، މޯމް އެންޑް ޑޭޑް: ދަ ލައިފްލައިން ލަވް އަދި ލަވާސް ފަދަ ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި ފިމުތަކެވެ.