ހެނދުނުގެ ނާސްތާއަކީ ގިނަ އިރު ވަންދެން ހުސްބަނޑާ ހުރުމަށް ފަހު ކެވޭ ފުރަތަމަ ކެއުމެވެ. ދުވަސް ފެށުމުގެ ގޮތުން ކެވޭ ކެއުމަކަށް ވާތީ ހެނދުނުގެ ނާސްތާގައި ބޭނުން ކުރާ ބާވަތްތަކީ ސިއްހަތަށް އޭގެ އަސަރު ކުރާނެ ކެއުމެކެވެ.
ދިރާސާތަކުން ދައްކާ ވާގޮތުގައި ހެނދުނުގެ ނާސްތާގައި މާ ގިނައިން ހަކުރު އެކުލެވޭ ފޮނިކާތަކެތި ހިމަނާ ނަމަ އެކަމުގެ ސަބަބުން ހަކުރުބަލި ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.
ދިވެހިންގެ ހެނދުނުގެ ނާސްތާގައި ޕާނާ ޖަހައިގެން ކެއުމަށް ބޭނުންކޮށް އުޅޭ ބަވަތެކެވެ. ނަޓެއްލާ އަކީ އޭގައި ގިނަ އަދަދަކަށް ހަކުރު އެކުލެވިގެންވާ ބާވަތަކަށް ވާ އިރު ހެނދުނުގެ ނާސްތާއަށް މި ބޭނުން ކުރުން އެހާ ރަނގަޅެއް ނޫނެވެ.

ނަޓެއްލާ ތައްޔާރު ކުރަން ބޭނުންކޮށްފައިވާ ތަކެއްތިގެ ތެރޭގައި ހިމެނެނީ ހަކުރު، ޕާމް އޮއިލް، ހަޒްލް ނަޓްސްގެ އިތުރުން ކޮކޯ އަދި މިލްކް ޕައުޑާރެވެ.
ނަޓެއްލާގައި 55 ޕަސެންޓުގެ އަދަދާދާއި ގަތް ކުރާ ހަކުރު ހިމެނޭ އިރު ދެން ހިމަނާފައި ވަނީ ޕާމް އޮއިލެވެ. 23 ޕަސެންޓް ޕާމް އޮއިލް، 14 ޕަސެންޓްގެ އިތުރުން ކޮކޯ އަދި މިލްކް ޕައުޑާރގެ 8 ޕަސެންޓު ނަޓެއްލާގައި ހިމެނެއެވެ.
ހެނދުނުގެ ނާސްތާގައި ހަށިގނޑަށް ފައިދާ ހުރި ތާޒާ މޭވާ ބޭނުން ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.