މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ގިނައިން ކާރު އެކްސްޕޯޓްކުރި ގައުމަކަމަށް ޗައިނާ ވެއްޖެއެވެ.
އެންމެ ގިނައިން ކާރު އެކްސްޕޯޓްކުރާ ގައުމުގެ ގޮތުގައި އޮތް ޖަޕާނު ފަހަތަށް ޖައްސާލުމަށް ފަހު ޗައިނާއިން މި މާކެޓްގެ ކުރި ހޯދި މިއީ ފުރަތަމަ ފަހަރެވެ.
މި އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ޗައިނާއިން ވަނީ 1.07 މިލިއަން ކާރު އެކްސްޕޯޓްކޮށްފައި ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.
މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާއިން ކާރު އެކްސްޕޯޓް ކުރި މިންވަރާއި އަޅާބަލާ އިރު 58 އިިންސައްތަ އިތުރު އަދަދެކެވެ.
ޗައިނާއިން ކާރު އެކްސްޕޯޓްކުރާ މިންވަރު މައްޗަށް ގޮސްފައި މި ވަނީ އިލެކްޓްރިކް ކާރަށް އޮންނަ ޑިމާންޑް އިތުރުވުމާއި ރަޝިޔާއަށް ޗައިނާއިން އެކްސްޕޯޓްކުރާ މިންވަރު އިތުރުވުމުންނެވެ.