ކަކުލާއި އުޅަނބޮށީ ކަޅުވުމުގެ މައްސަލައަކީ އާންމުކޮށް ފާހަގަކުރެ މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް އަގު ބޮޑު ތަކެތި ގަންނަންޖެހުމުން ގިނަމީހުން މި ދެކަންތަކާ އަޅާނުލައި ދޫކޮށްލައެވެ.
އަގުބޮޑު ކްރީމްތަކާއި ނުލާވެސް ކަކުލާއި އުޅަނބޮށީގައި ކަޅުވެފައި ހުންނަ ސަރަހައްދުގެ ކުލަ އަލިކޮށްލެވިދާނެއެވެ. ބިއުޓީ އެކްސްޕާޓެއް މި ވަނީ ގުދުރަތީ 2 ބާވަތެއް ބޭނުންކޮށްގެން މި ކަން ހައްލުކުރާނެގޮތް ކިޔައިދީފައެވެ.
ކަކުލުގެ ކަޅުވެފައިވާ ހަންގަނޑު އަދި އުޅަނބޮށީގައި ކަޅުވެފައިވާ ހަންގަނޑުގެ ކުލަ އަލިކޮށްލުމަށް އޮލިވްއޮއިލް އަދި ހަކުރުގެ ބޭނުން ކުރެވިދާނެއެވެ.
މި ސްކްރަބުން ތައްޔާރު ކުރުމަށް ބޭނުންވާނެތަކެތި:
2 ސަމުސާ ހަކުރު
4 ސަމުސާ އޮލިވްއޮއިލް
ތައްޔާރު ކުރާނެގޮތް:
ހަކުރާއި އޮލިވްއޮއިލް އެއްކޮށްލާށެވެ. އޭރު އެހުރީ ބޮޑީސްކްރަ ތައްޔާރުވެފައެވެ.
އިތުރު މައުލޫމާތު:
އޮލިވްއޮއިލް އަދި ހަކުރު އެއްކުރުމަށް ފަހު ތައްޔާރު ކުރާ ބޮޑީސްކްރަބަކީ ހަންގަޑަށް ވަރަށް ގިނަފައިދާތައް ލިބިގެންދާނެ ސްކްރަބެކެވެ.
މި ސްކްރަބުން ހަންގަނޑު ސާފުކޮށް މަރުވެފައިވާ ހަންތައް ނައްތާލަދެއެވެ. މި ސްކްރަބް ކޮންމެ ދުވަހަކު ބޭނުންކުރާނަމަ ހަންގަނޑުގެ ކަޅުވެފައިވާ ތަންތަން އަލިކޮށްދޭނެއެވެ.