ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ތައްޔާރުވަމުންދާއިރު ޕީޕީއެމް އަދިވެސް އޮތީ އެއްގޮތެއްގައި ހިފަހައްޓާފައެވެ. އެޕާޓީގެ ސްޓޭންޑަކީ ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިޚާބަށް ނެރުމެވެ. އެޕާޓީން ދައްކާފައިވާ ކެންޑިޑޭޓަކީ ރައީސް ޔާމީނެވެ. ޕާޓީން އެހެން ކެންޑިޑޭޓެއް ނެރުމާމެދު ވިސްނާކަށްވެސް ބޭނުމެއް ނޫނެވެ. އެފަދަކަމެއް ޚިޔާލަށް ގެނައުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަހަލައެވެ.
މިހާރުވެސް ރައީސް ޔާމީން ގެންދަވަނީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. ރިޝްވަތާއި މަނީ ލޯންޑަރިން މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް ޕީޕީއެމްގެ ކެންޑިޑޭޓަކީ އަދިވެސސް ކުރީގެ ރައީސް ޔާމީން ކަމަށް އެޕާޓީން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
ރައީސް ޔާމީން ޖަލުގައި އޮންނެވި ނަމަވެސް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާނެ އެވެ. އެކަމުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް އޮތީ މާބޮޑު ޔަގީންކަމެކެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި އެއިންތިޚާބު ކާމިޔާބު ކުރައްވާނީވެސް ރައީސް ޔާމީން ކަމަށް އެކޯލިޝަނުން ޤަބޫލު ކުރެއެވެ. އެހެންވެ، އެކަމުގައި އެޕާޓީތަކުން މާބޮޑު ހާސްކަމެއް ނެތެވެ.
އެހެންނަމަވެސް އެއީ އެކަން ހިނގާފާނެ މަގެއްތޯ ސުވާލު އުފެދެއެވެ. އަދި އެ ސްޓޭންޑް މިއަދާ ހަމައަށް އައިއިރުވެސް ޕީޕީއެމްގައި ހިފަހައްޓާފައިވަނީ ކީއްވެތޯވެސް ސުވާލު އުފެދެއެވެ.
އެޕާޓީގައި ވެރިކަން ކުރެވޭ ވަރުގެ ޤާބިލު މީހުން ނެތީ ހެއްޔެވެ؟
ރިޔާސީ އިންތިޚާބަށް މާކަ ގިނަ ދުވަހެއް ނެތެވެ. ރިޔާސީ އިންތިޚާބަށް ޖުލައި 23 ގައި ފުރުސަތު ހުޅުވާލާނެއެވެ. އަދި ކުރިމަތި ލުމުގެ މުއްދަތު 03 އޮގަސްޓުގައި ހަމަވާނެއެވެ. އެހެންކަމުން މިއަދުން ފެށިގެން ބެލި ކަމުގައި ވިޔަސް ތިންމަސް ދުވަހުގެ މުއްދަތު ވެސް ނެތެވެ. އަދި ބަންދު ދުވަސްތައް ކަނޑާލުމުން ދެމަސްދުވަހުގެ މުއްދަތުވެސް ނެތެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނަކީ އެންމެ ބޮޑު އިދިކޮޅު ހަރަކާތެވެ. މި ސަރުކާރަށް އޮތް އެންމެ ބޮޑު ގޮން ޖެހުންވެސް މެއެވެ. އެޕާޓީން ނެރޭ ކެންޑިޑޭޓަކީ މިހާރު ސަރުކާރުގައި އޮތް އެމްޑީޕީއާ އެންމެގަދައަށް ވާދަކުރާނެ ކެންޑިޑޭޓެވެ. އެކަމުގައި ޝައްކެއް ނެތެވެ. އެހެންނަމަވެސް އެޕާޓީ އެ އޮތީ ވަކި ގޮތަކަށް ހުއްޓުވާފައެވެ. ގަނޑުކޮށްފައެވެ.
ޕީޕީއެމްގެ ސްލޯގަންއަކީ ”އެންމެ ފުރަތަމަ ޤައުމު“ އެވެ. ޕާޓީ ހުއްޓުވައި ގަނޑު ކޮށްފައިވަނީ ޤައުމަށްޓަކައި ބާވައެވެ.
ދެން އޮތީ ރައީސް ޔާމީން މިނިވަން ވާނެ ކަމަށް ދައްކާ ވާހަކައެވެ. ޕީޕީއެމްގެ ލޯޔަރުން ޤަބޫލު ކުރައްވަނީ އެގޮތަށެވެ. އެޓީމުގެ އެންމެ އިސް ޤާނޫނީ ވަކީލު މުހައްމަދު ޖަމީލު އަހްމަދު ފެބްރުއަރީ މަހު ވިދާޅުވީ، މާޗް މަސްތެރޭ ރައީސް ޔާމީން ޖަލުން މިނިވަން ވާނެ ކަމަށެވެ. އެމަނިކުފާނު އެކަން ނެންގެވީ ވަރަށް އާދައިގެ ކަމެއްގެ ގޮތަށެވެ. އަދި އެޓީމުން ޤަބޫލު ކުރައްވަމުން ގެންދެވީ އިސްތިއުނާފީ މައްސަލަތައް އަވަސްވާނެ ކަމަށެވެ.
އެހެންނަމަވެސް ފުންނާބު އުސް ބައެއް ވަކީލުންނާއި ފަނޑިޔާރުން ވިދާޅުވަނީ ރިޔާސީ އިންތިޚާބަށް ވަގުތު އޮއްވައި ، އާންމު އުސޫލުގެ ތެރެއިން ރައީސް ޔާމީންގެ ޝަރީއަތް ނިންމާ ނުލެވޭނެ ކަމަށެވެ. އަދި މިހާތަނަށް ފެންނަމުން ދަނީ ވެސް އެމަންޒަރެވެ.
ދެން އޮތް ސުވާލަކީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފް، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށްޓަކައި އަވަހަށް ނިންމަން ލާޒިމުވާނެތޯ އެވެ.؟
ރައީސް ޔާމީން އަކީ ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވާތީ ސިޔާސީ ޕާޓީގެ މެންބަރުކަން ފިޔަވާ އެހެން މުހިއްމު ހައިސިއްޔަތެއް އެމަނިކުފާނަށް ލިބިވަޑައި ނުގަންނަވައެވެ. އެހެންކަމުން ރައީސް ޔާމީނުގެ މައްސަލަ އަވަސް ކުރުމަށް އޮތް ސަބަބަކީ އާންމު މަސްލަހަތާއި ބޭރުގެ ނުފޫޒެވެ. އެވަރުގެ ބާރުވެރިކަމެއް އޮތްނަމަ މިއަދާ ހަމައަށް އައި އިރު އޮންނާނީ އެ ނުފޫޒެއްވެސް އުފެއްދިފައެވެ.
”އެންމެ ފުރަތަމަ މާތްވި ދީނުގެ ހުރުމަތާ މިޤައުމުގެ ކަރާމަތޭ“ ބުނަމުން އަންނަ ޕީޕީއެމް އިން މިއަދު ފެންނަނީ އެހެން މަންޒަރެކެވެ. ރައްޔޔިތުންނަށް ދައްކަން މަސައްކަތް ކުރަނީ ވެސް އެހެން މަންޒަރެކެވެ. އެ ގެއްލުވާލަނީ އެތައް ބައެއްގެ ޙައްގުތަކެވެ. ޤުރުބާން އެކުރެވެނީ ރައީސް ޔާމީނަށްޓަކައި ދީނާއި ޤައުމެވެ. ކެމްޕޭން ކުރުމަށް ކުޑަ ދުވަސް ކޮޅަކަށް ވެފައވާއއިރު އެ ގެއްލުވާލަނީ އަގުހުރި ވަގުތު ތަކެވެ. ދިވެހީން އެކަން ވިސްނަން ޖެހެއެވެ. މީހެއްގެ ވަށައިގެން އެނބުރޭ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އޮންނަން ޖެހޭ ހެއްޔެވެ؟
އެބަޔަކުބޭނުންމީކަށްތަ.އެބަޔަކު ވެރިކަންދޭނި އެއީ އެހެންމީހުނާބެހޭކަމެއްނޫނެއްނު މިހާރު މުޅިރާޖޭގަ ފާހަގަލާން އގޭމީހަކުވިއްޔާ އެދަނީވަޒީފާތައްދެމުންތަންތަނައް މީހުންތައްއެއްކޮން ޖަލްސާކޮން ފެނަކައަށްވެސް ހުރިހާރަށްރަށަކުން ތިޔަހެނެއްބަލާފައެއް ޫޫވަޒީފާއަށް އޅާލަނީ ފެންވަރަކަން ެބެލުމެއްނެތް ގައުމާ އިސްލާންކަމާ ދެންމިދިޔައީ އެމީހުން ހޮވިއްޖެއްޔާ ލ ުމ ަ
Yaameen akee ves anni gothan boxer thereah party laigen amilla ehchakan hadhaigen ulhey meeheh
Meena noony party gai dhen akuru dhanna meehaku netheetha
Aharumen masters hadhaigen mi jehenee Yaamin fahathun tinu vagu bunaahaa gothakan eburen tha ?
PPM akee meehun jahaahaa berakah nashaa e baeh noon, adhi elhihaa bathakah riha hedhigen thibeynee baeh ves noon, riyaasee inthikhaabugaa vaadha kurevey varuge ilmee gaabilu kithamme meehaku ebathibi, eyge maana akee bayaku meehun dhamaa guironugaa ppm jehen jeheynee keynoon, ehennoonas hikidhlhin dhiyaeh nufeleynekan komme meehakah ves engeyn vaane,
Emeehegge rondeh handhamaane kolheh engeynee hama e meehakah.