މިދިޔަ އަހަރު 16.6 މިލިއަން ފަތުރުވެރިން ސައުދީ އަރަބިއާއަށް ޒިޔާރަތްކޮށްފައިވާ ކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ އަހަރު އެޤައުމަށް 16.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މިއީ އޭގެކުރީ އަހަރު ޒިޔާރަތްކުރި 3.5 މިލިއަން ފަތުރުވެރިންނާއި އަޅާބަލާ އިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލުތަކުގެ ލިސްޓުގެ 29 ވަނަ އިން 13 ވަނައަށް އެ ޤައުމު ވަނީ ކުރިއަށް ޖެހިލާފައެވެ.
2030 ވަނަ އަހަރާއި ހަމައަށްދާ އިރު އަހަރަކު 100 މިލިއަން ފަތުރުވެރިން ގެނައުމަށް ސަޢުދީން ދަނީ މަސައްކަތް ކުރަމުންނެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 7.8 މިލިއަން ފަތުރުވެރިން އެ ގައުމަށް ވަނީ ޒިޔާރަތްކޮށްފައި ކަމަށާއި މިއީ ތާރީހުގައި ވެސް ކުއާޓަރެއްގައި މިހާ ގިނަ ފަތުރުވެރިން އެ ގައުމަށް ޒިޔާރަތް ކުރި ފުރަތަމަ ފަހަރު ކަމަށް ސައުދީ ޕްރެސް އޭޖެންސީން ބުނެއެވެ.
ސައުދީ އަރަބިއްޔާގެ ފަތުރުވެރިކަމުގެ އާއު މަންޒިލްތައް ތަރައްޤީ ކުރުމަށް 550 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކުރާނެކަން ސައުދީ ހާމަކުރެއެވެ.