ބުރާސްފަތި, ޖޫން 8, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ބިޑަކާ ނުލައި ފަޅުރަށް ދެވޭ ގަވާއިދެއް

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
މެއި 19, 2023
ޚަބަރު, ވިޔަފާރި
0
ފަޅުރަށްތައް ކުއްޔަށް ދޫކުރުން މަޑުޖައްސާލައިފި

އިޤްތިސާދީ ބޭނުންތަކަށް ފަޅުރަށް ކުއްޔަށް ދޫކުރެވޭނެ އުސޫލުތައް ބަޔާންކޮށް، އިކޮނޮމިކް މިނިސްޓްރީން ޤަވާއިދެއް އެކުލަވާލައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އެކުލަވާލާފައިވާ ”އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާބެހޭ“ ގަވާއިދުގައިވާ ގޮތުން، ވަކި ބޭނުންތަކަކަށް ދޫކޮށްފައިވާ ފަޅުރަށްތައް ފިޔަވައި އެހެން ފަޅުރަށްތައް އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރަން ކުއްޔަށް ދޫކުރެވިދާނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި 1800 އަށްވުރެ ގިނަ ފަޅު ރަށް އޮވެއެވެ. އަދި އޭގެތެރެއިން ބައެއް ރަށްރަށް އެކި ބޭނުންތަކަށް މީހުންނަށް ދޫކޮށްފައި ހުރެއެވެ.

އިޤްތިސާދީ ބޭނުންތަކަށް ފަޅުރަށް ކުއްޔަށް ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ ޤަވާއިދުގެ ދަށުން ދޫނުކުރެވޭނެ ފަޅުރަށްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރާ ފަޅުރަށްތަކާއި ހަމައެކަނި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިގްތިސާދީ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުރަށްތަކުގެ އިތުރަށް ވަރުވާއަށް ލިޔެދޭ ފަޅުރަށްތަކެވެ.

އިންޑަސްޓްރިއަލް ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާ ރަށަކީ ރަށު ނުވަތަ ސިޓީ ކައުންސިލެއްގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށެއް ނަމަ، އިހުތިސާސުން އެ ފަޅުރަށެއް އުނިކުރުންޖެހެއެވެ. އަދި މި ގަވާއިދުގެ ދަށުން އެކުލަވާލާ އިންޑަސްޓްރިއަލް ރަށްރަށުގެ ދަފްތަރުގައި ހިމަނަންވެސް ޖެހެއެވެ.

ޤަވާއިދުގައިވާގޮތުން އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރަން ކަނޑައަޅާ ފަޅުރަށްރަށް ކުއްޔަށް ދެވޭނީ ދެ ގޮތަކަށެވެ. އެއްގޮތަކީ ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާންކޮށްގެން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ދޫކުރުާ އުސޫލެވެ. އަދި ބިޑުކުރުމުގެ ދައުވަތަކާއި ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުގެ ދަށުން، ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފްސީލު ޕްރޮޕޯސަލް ހުށަހެޅުމުން އެ ޕޮލިސީގެ ދަށުން ހުއްދަދެވޭ ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށެވެ. އަދި މި ދެ އުސޫލުގެ ދަށުން ދޫކުރާ ރަށްރަށް ކުއްޔަށް ދޭނ،ީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތިންކަމަށް ޤަވާއިދުގައިވެއެވެ.

ދައުވަތަކާ ނުލައި ހުށަހަޅާ ޕްރޮޕޯސަލްތަކަށް ފަޅުރަށްރަށް ކުއްޔަށް ދޫކުރަން ހުއްދަ ދޭއިރު، އެކުއިޒިޝަން ފީގެ ގޮތުގައި އަގެއް ދެއްކުމަށް ޝަރުތުކުރުމުގެ އިހުތިޔާރު އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންވެއެވެ. އެކުއިޒިޝަން ފީގެ އަދަދު ކަނޑައަޅާނީ އެ ރަށެއްގައި ކުރަން ހުށަހަޅާ މަސައްކަތްތަކާއި ސިނާއަތުގެ ޒާތަށާއި އިންވެސްޓްމަންޓުގެ އަދަދަށް ރިއާޔަތްކުރުމަށްފަހު، އިކޮނޮމިކް ކައުންސިލުންނެވެ.

މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ރަށްރަށުގެ ކުލި ކަނޑައަޅާނީ އިކޮނޮމިކް މިނިސްޓްރީންނެވެ. އަދި ކުލީގެ އަދަދު، އަކަފޫޓަކަށް އަހަރަކަށް 10 ލާރިއަށް ވުރެ ދަށްވެގެން ނުވާނެކަމަށް ޤަވައިދުގައިވެއެވެ. އަދި 21 އަހަރު ދުވަހުގެ މުއްދަތަކަށް ފަޅުރަށްތައް ކުއްޔަށް ދޭއިރު، މުއްދަތު އިތުރުކުރަން އެދުމުން، 50 އަހަރަށް ވުރެ އިތުރުނުވާ ގޮތަށް މުއްދަތު އިތުރުކޮށްދެވެއެވެ.

މުއްދަތު އިތުރުކޮށްދެވޭނީ ރަށުގައި ކުރާ މަސައްކަތްތަކަށް ކުރާ އިންވެސްޓްމަންޓުގެ މަދުވެގެން %75 ފައިސާ އިންވެސްޓްކޮށް، މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްގެންގޮސް، މަސައްކަތުގެ މަދުވެގެން %75 ފުރިހަމަކޮށްފައިވާ ނަމައެވެ. މިގަވާއިދާ ހިލާފަށް ކަމެއް ކޮށްފިނަމަ، އެ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، 1 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރަގޮތަށްވެސް ވަނީ ކަނޑައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް

ލަސްވި ހުކުމުގެ ރިޕޯޓު ހަވާލުކޮށްފި

ރައީސް ޔާމީން ދައުލަތުގެ ވަކީލުންނާ ދިމާ ކުރައްވާފައެއް ނުވޭ، ސަމާސާއެއް ކޮށްލެއްވީ: ޖަމީލް

ޖޫން 7, 2023
2500 މީހުން އެމްޑީޕީއާ ގުޅިއްޖެ

2500 މީހުން އެމްޑީޕީއާ ގުޅިއްޖެ

ޖޫން 7, 2023
އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފި

އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފި

ޖޫން 7, 2023
މީހަކު ނިޔާވި އެކްސިޑެންޓް ހިނގި ގޮތް ފުލުހުން ކިޔައިދީފި

މިދުވަސްވަރު ބުރިޖާއި ލިންކް ރޯޑުގައި ދަތުރުކުރާއިރު ސަމާލުވާން އަންގައިފި

ޖޫން 7, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0
  • އަޑު ކުރަކިވެ، އަޑު ގޮސްފައިވާ ނަމަ އަންނާރު ޖޫސް ބުއިމުން ފަރުވާ އަކަށް ފުދެ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In