ބޭނުން ނުކުރާ 2 އަހަރަށް ވުރެ ގިނަ ދުވަސްވީ ގޫގުލް އެކައުންޓުތަށް ޑިލީޓް ކުރަން ނިންމާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ގޫގުލް ކުންފުނީގެ ވީޕީ ޕްރޮޑަކްޓް މެނޭޖްމެންޓް ރޫތު ކްރިޗެލީ ވިދާޅުވީ، މި ޑިސެންބަރު މަހުން ފެށިގެން ބޭނުން ނުކޮށް ގިނަ ދުވަސްވާ ގޫގުލް އެކައުންޓުތައް ޑިލީޓް ކުރަން ފަށާނެ ކަމަށެވެ.
މިއީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް އެކުންފުނިން ބުނެއެވެ.
މީގެ ސަބަބުން ގޫގުލް އެކައުންޓާއި ލިންކް ވެފައި ހުރި އީމެއިލްތަކާއި ފޮޓޯތަކާއި ޔޫޓިއުބް ސެޓިން ފަދަ ތަކެތި ގެއްލިގެން ދާނެއެވެ.
މި ބަދަލުގެންނަ އިރު ޑިލީޓް ކުރަނީ ވަކި ފަރުދުންގެ އެކައުންޓުތަކެވެ.
މި ބަދަލު ގެންނަ އެއް ސަބަބަކީ މިފަދަ އެކައުންޓެއް ހެކް ވުމުގެ ފުރުސަތު ބޮޑުވުމާއި ބައެއް ފަހަރު އެއް ޕާސްވޯޑެއް ގިނަ އެކައުންޓުތަކުގައި ބޭނުން ކުރާ މީހުން ތިބޭއިރު އެ ފަދަ ޕާސްވޯޑެއް ލީކް ވެއްޖެނަމަ އެމީހާގެ ޒާތީ ހުރިހާ މަޢުލޫމާތެއް އާންމުވާ ކަމަށް ބްލޮގް ޕޯސްޓުގައި ރޫތު ވިދާޅުވިއެވެ.
ގޫގުލް އިން ބުނީ މި ސިޔާސަތު ތަންފީޒު ކުރާނީ ފިޔަވަހިތަކަށް ބަަހާލައިގެން ކަމަށެވެ.
މިކަމުން ރައްކާތެރި ވުމަށް ކޮންމެ 2 އަހަރަކުން ގޫގުލް އެކައުންޓަަށް ސައިން އިން ކޮށްލުމުން ފުދެއެވެ.