މަސްތުވާތަކެތީގެ މައްސަލައެއްގައި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހިމް ރަޝީދާއި އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތީގެ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އާލާ އިބްރާހިމް ރަޝީދު (31 އ) އާއި، ސާމީ ޢަބްދުލްޙަމީދު (32 އ) އަދި އަޙްމަދު ނަބީލް (28 އ) ކިޔާ މީހެކެވެ.
މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އާލާއާއި ސާމީގެ ބަންދަށް ޖެހީ 10 ދުވަހެވެ. ނަބީލްގެ ބަންދަށް ޖެހީ 5 ދުވަހެވެ. އޭނާގެ ބަންދަށް 5 ދުވަސް ޖެހީ އޭނާއާއި އޭނާގެ ވަކީލާ ބައްދަލުވެ ވާހަކަ ދެކެވިފައިނުވާ ކަމަށް ވަކީލު ބުނެފައިވާތީ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން ތުުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ކޯޓަށް ވަނީ ހެކި ހުށަހަޅައިފައެވެ.
އާލާ އާއި އޭނާގެ ފިރިމީހާ ސާމީއަކީ މީގެކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ދެމީހުންނެވެ.
2018 އޭޕްރީލް 29 ވަނަ ދުވަހުގެރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އާލާ އާއި ސާމީއާއި އިތުރު ފިރިހެނަކު ހައްޔަރުކުރީ ހުޅުމާލެ ފެރީޓަރމިނަލް ސަރަހައްދުންނެވެ.