މޮރޮކޯގެ ޒުވާން ފުޓުބޯޅަ ކުޅުންތެރިޔާ އަޝްރަފް ހަކީމީގެ ކުރީގެ އަނބިމީހާ ހިބާ އަބޫކްއަށް ހަކީމީގެ މުދަލުން ކާރެއް ލިބެން އުޅޭ ކަން ހާމަވެއްޖެއެވެ.
ހަކީމީގެ ވަރީގެ ކަންކަން ކޯޓުގައި ކުރިއަށްދިޔަ އިރު ހިބާ އަބޫކީ އެދިފައިވަނީ ހަކީމީގެ މުދަލުގެ 2 ބައިކުޅަ 1 ބައި ނަގައިދިނުމަށެވެ.
ހަކީމީގެ ހުރިހާ މުދަލެއް އޭނާގެ މަންމަ ނަންމަތީ ހުރި ނަމަވެސް މިހާރު ހާމަވެފައިވާ ގޮތުގައި ހަކީމީގެ ނަމުގައި މަޝްހޫރު ބްރޭންޑް މާސިޑީ ބެންޒް ކާރެއް އެބަ އޮތެވެ.
އެހެންވެ އެ ކާރު ކުރީގެ އަނބިމީހާއަށް ލިބިދާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.
މޮރޮކޯގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހިބާ މިހާރު ވަނީ ވަރީގެ ބަދަލެއްގެ ގޮތުން 11 މިލިއަން ޑޮލަރު ހަކީމީގެ އަތުން ހޯދަން ކޯޓުގައި ދައުވާ ކޮށްފައެވެ.