އިނގުރަކީ ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ބާވަތެކެވެ. އިނގުރު ގިނައިން ބޭނުންކޮށް އުޅެނީ ހަވާދުގެ ބާވަތްތަކާއި ކުޅި ކާތަކެތި ތައްޔާކުރުކުރުމަށެވެ.
ދިވެހި ބޭސްވެރިކަމުގައި އިނގުރަކީ ޒަމާނުއްސުރެ ވެސް ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އިނގުރުގެ ތެރޭގައި ހުދު ރީނދޫ އަދި ރަތް އިނގުރު ވެސް ހުރެއެވެ.
އިނގުރަކީ ވަރަށް ގިނަ ޞިއްޙީ މައްސަލަތަކަށް އޮތް ފަރުވާއެކެވެ. އިނގުރުގައި ފެން ކައްކައިގެން މި ކަންކަމަށް ބޭނުން ކޮށްލެވިދާނެއެވެ.
ހޮނޑުލެވުން:
މާބަނޑު ދުވަސްވަރު ހޮޑުލެވޭނަމަ އިނގުރު ސައި ނުވަތަ އިނގުރު ފެން ބޭނުން ކުރުމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ. އިނގުރު ފެނަކީ ބަނޑު ހުސްކޮށްލާ ކާތަކެތީގެ ދައުރުވުން ރަނގަޅު ކޮށްދޭ އެއްޗެކެވެ. މި ސަބަބަށްޓަކައި ހޮނޑުލެވުމަށް ލުއި ލިބެއެވެ.
ގޭހުގެ އުނދަގޫ:
ގޭހުގެ އުނދަގުލުން ސަލާމަތްވާން އެންމެ މުޖައްރިބު އެއް ފަރުވާއަކީ އިގުރެވެ. އިނގުރުގައި ހިމެނޭ ޖިންޖެރޯލްސްއާއި ޝަގައޯލްސް ފަދަ ކެމިކަލްތަކަކީ ގޮހޮރުގެ މަސައްކަތް ލުއިކޮށްދިނުމުގައި އެހީތެރިވާ މާއްދާތަކެކެވެ. އެހެން ކަމުން އިނގުރު ސައި ހަދައިގެން ބުއިމަކީ ގޭހުގެ އުނދަގުލުން ސަލާމަތް ހޯދުމަށް ގޭގައި ހޯދިދާނެ ފަރުވާއެކެވެ.
ބަރުދަން ލުއިކުރުމަށް:
އިނގުރު ފެނަކީ ”ޑިޓޮކްސް“ ބުއިމެކެވެ. އެހެން ކަމަށްވުމާއެކު މިއީ ހަށިގަނޑު ލުއިކޮށްލުމަށް ވެސް އެހީތެރިވެދޭ ބުއިމެކެވެ.
ލޭގައި ހުންނަ ހަކުރުގެ މިންވަރު ހިފެހެއްޓުމަށް:
އިނގުރު ބޭނުން ކުރުމާއި ލޭގައި ހުންނަ ހަކުރުގެ މިންވަރަށް އަންނަ ބަދަލާއި ގުޅޭ ގިނަ ރިސާޗްތަކެއް ކުރެވިފައިވެއެވެ. މި ރިސާޗްތަކުން ދައްކާ ގޮތުގައި ލޭގައި ހުންނަ ހަކުރުގެ މިންވަރު ލެވެލް ކުރުމަށް ވެސް އިނގުރު ފެން އެހީތެރިވެދެއެވެ.
ތަފާތް.
މީ ދިވެހިބަހުގައި ބޭނުންކުރާ ފޮތެއް ނޫން.
މިސާލަކަށް ަައެލިޒަބަތު ލިޔާއިރު ތ ސުކުން ކޮށްފިނަމަ ކިޔޭނީ އެލިޒަބަތު. ހަމަ އެގޮތަށް ތަފާތު ކިޔުމުގެ ބަދަލުގައި ކިޔޭނީ ތަފާތް. މިސާލަކަށް ސީ ތަފާތް