މެކްސިކޯގެ ކުރީގެ ގޯލްކީޕަރު އެންޓޯނިއޯ ކާބަހާލް އުމުރުން 93 އަހަރުގައި މަރުވެއްޖެއެވެ.
ކާބަހާލް މަރުވީ ލޭގެ ޕްރެޝަރުގެ މައްސަލައަކާ ގުޅިގެން ހަފްތާއެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވަނިކޮށެވެ. މި އަހަރުގެ ޖެނުއަރީ އިން ފެށިގެން އޭނާގެ މަރާ ހަމައަށް، ކާބަހާލް އަކީ 1950 ގެ ވޯލްޑް ކަޕް ކުޅުނު ކުޅުންތެރިންތަކުގެ ތެރެއިން ދުނިޔޭގައި ހުރި ހަމައެކަނި ކުޅުންތެރިޔާއެވެ.
ކާބަހާލް ވަނީ، 1950 ގައި ބްރެޒިލް، 1954 ގައި ސްވިޒަލެންޑް، 1958 ގައި ސްވިޑެން، 1962 ގައި ޗިލީ އަދި 1966 ގައި އިންގްލެންޑްގައި ބޭއްވި ވޯލްޑް ކަޕްގައި މެކްސިކޯ ގައުމީ ޓީމަށް ކުޅެފައެވެ. މި 5 މުބާރާތުގައި އޭނާ ވަނީ ޖުމްލަ 11 މެޗު ކުޅެފައެވެ.

5 ވޯލްޑް ކަޕްގައި ކުޅުނު ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑް 32 އަހަރު ވަންދެން އޭނާގެ އަތުގައި އޮތެވެ. އެ ރެކޯޑާ އެއްވަރު ކުރީ 1998 ވަނަ އަހަރު ޖަރުމަން މިޑްފީލްޑަރު ލޮތާ މެތިއަސްއެވެ.