ހުކުރު, ޖޫން 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ސަރުކާރުގެ ސިޔާސަތަކީ އުފެއްދުންތެރި ޒުވާނުން ބިނާ ކުރުން، ފެންނަނީ އެހެން މަންޒަރެއް!

މާހިރު މުހައްމަދު ލިޔުނީ: މާހިރު މުހައްމަދު
މެއި 10, 2023
ރިޕޯޓް
0
ސަރުކާރުގެ ސިޔާސަތަކީ އުފެއްދުންތެރި ޒުވާނުން ބިނާ ކުރުން، ފެންނަނީ އެހެން މަންޒަރެއް!

ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމުހުރިޔާ އިބުރާހީމް މުޙައްމަދު ޞާލިހް ވިދާޅުވީ ރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިފައިވާ އެތައް ފަންނުވެރިންނެއްގެ ފާޑުވެރިކަމަށް ހެކިދޭ ދިގު ތާރީޚެއް އޮތް ގައުމެއް ކަމަށެވެ.

އެ ގޮތުން ދިވެހިންގެ ފާޑުވެރިކަމަށް ހެކިދޭ އެތައް އާސާރެއް މި ކުޑަކުޑަ ޖަޒީރާ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނަށް ބެލިޔަސް ފެންނަން އެބަހުރިކަން ރައީސް ސާލިހް ފާހަގަ ކުރެެއްވިއެވެ.

ރައީސް ޞާލިހް އެ ފަދައިން ފާހަގަކުރެެއްވި އުފެއްދުން ތެރިކަން “ އުފެއްދުންތެރި ޒުވާނުން“ މިހެން ކިޔައިގެން ހަތަރުބިތުގައި “ މައުފަތި“ ދަމައިގެން ކިޔާނަމަކުން ހަރުކުރާ ނަންބޯޑަކުން ކަންވެ، ކަންކަންކުރެވޭނެ ޒަމާނެއް އަންނާން އޮތީހެއްޔެވެ؟

އެކި ގޮތްގޮތުން މި ޤައުމުގެ ރައްޔިތުންނަށް ދެރަގޮތްތައް ހަދަމުން ދިވެހިންގެ ކަންކަމަށް އަތްގަދަކޮށް “ ޤާނޫނު“ ފައިދަށައްލައި ޤާނޫނު އެމީހުންގެ މައްޗަށް ނުހިންގޭހާ ބާރުގެ ތެރެއަށް ވަދެތިބެ ބިދޭސީން ”ހުއްދަ އެއް ލައިސަންސްއެއް ހޯދުމަކާއި ނުލައި ޙަރާމެއް ހުއްދައެއް ބެލުމެއްނެތި ދިވެހިންގެ މި ޤައުމުގައި ”ދިވެހިންނަށް ވިޔަފާރި ހުއްދަ ނެތި“ ނުކުރެވޭ އެތައް އެތައް ވިޔަފާރިއެއް އެވެރިން ވަގަށް ކުރަމުންދާ ތަން ބަލަން ވެރިން ތިބެނީ ވެރިންގެ އަތެއް އޮވެގެން ކުރަމުންދާ ކަމަކަށް ވާތީ ތޯ މިއަދު މި ވަނީ ސުވާލު އުފެދޭ ހިސާބަށް ބިދޭސީންގެ ކަންކަން ބޮއްސުލާފައެވެ.

އަޅުގަނޑުމެންގެ ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާ ކުރުން ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

އެހެން ނަމަވެސް ފެންނަމުން މި ދަނީ ނަމުން އުފެއްދުންތެރި ޒުވާނުން އުފައްދައިގެން މިހެން ކިޔައިގެން ޒުވާން ޖީލަށް އޮތް ކުރިމަގު ގަސްދުގައި ބަންދުކޮށްފައި ”ދަޢުލަތް ހިންގާން ތިބި ގަބުޅި ވެރިން“ ދިވެހި ޤައުމު ބޭރުމީހުންގެ ބާރުގެ ދޮށަށް ދިޔުމަށް ދޫދީގެން ތިބޭ މަންޒަރެވެ.

އަޅުގަނޑަށް މިހެން ދަންނަވަން މި ޖެހުނީ ދިވެހިންގެ މުށުތެރޭ އޮތް ”ވިޔަފާރީގެ މައި ފަލަ ކެނބު“ ދަމާ އެ އޮތްގެން ބިދޭސީ ސޮރުމެންގެ އަތްދަށުލައި ނިމި ހުސްވާތީއެވެ.

ރައީސް ސާލިހް އެ ވިދާޅުވާ ރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިފައިވާ އެތައް ފަންނުވެރިންނެއްގެ ފާޑުވެރިކަމަށް ހެކިދޭ ދިގު ތާރީޚެއް އޮތް ގައުމެއް ކަމަށްވާ އިރު ސަކުރާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާނެ ދިވެހި ޒުވާނުން ނެތީ ތޯއެވެ. ވެރިރަށް މާލޭގައި ހުރި ލޯކަލް މާރުކޭޓާއި ފިހާރަތަކުގެ އިތުރުން ފެރީތަކުގެ ކުރޫއިންގެ ގޮތުގައި މަސައްކަތް ކުރާނެ ހަމަ ދިވެއްސަކު ވެސް ނެތީ ތޯ؟

މި ސުވާލާއެކު ނިންމާލެވޭކަށް އަދި ނެތެވެ. ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުގެ ސިނާއަތުގެ މަންފާއަށް ޓަކައި ވަކި ހަމަތަކެއްގެ މަތިން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ބިދޭސިންނަށް ހަރަކާތްތެރިވުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓުރީން ވަނީ ބުނެފައިވެއެވެ.

މިކަން ކަމަށް ނުކުންނާން ބޭނުންވެފައި ތިބި އެތަކެއް ޒުވާނުންނެއް މި ގައުމުގައި މަގުމަތިވެފައި އެބަތިއްބާ ބިދޭސިންނަށް މިފަދަ ފުރުސަތުތައް ދީގެން އުފެއްދުންތެރި ޒުވާނުން ބިނާ ކުރެވިގެން ދާނެތޯއެވެ.

މިކަންކަމަށް ބެލުމެއްނެތި އަދިވެސް ދިވެހި ދައުލަތުގެ ވެރިން މިތިބީ ދިވެހިންގެ ޚަޒާނާ ކޮނެގެން ވެރިންގެ ޖީބު ވަގު ފައިސާއިން ފުރާލަން ބިދޭސީންގެ އަތްމައްޗަށް ޤައުމު ހިތަކަށް ދީގެން އަޗާތަޅާށެވެ.

ގުޅުންހުރި ލިޔުންތައް

ޕީޕީއެމުން ރައީސް ޔާމީން ނޫން ކެންޑިޑޭޓެއް ހަމަ ނެތީތަ؟

ޕީޕީއެމުން ރައީސް ޔާމީން ނޫން ކެންޑިޑޭޓެއް ހަމަ ނެތީތަ؟

މެއި 21, 2023
އެއާރ އީކުއޭޓާރ އައްޑޫ އެއާރޕޯޓާގުޅޭ ރާއްޖޭގެ އެއާރލައިނެއް!

އެއާރ އީކުއޭޓާރ އައްޑޫ އެއާރޕޯޓާގުޅޭ ރާއްޖޭގެ އެއާރލައިނެއް!

މެއި 7, 2023
ސަރުކާރުން ގައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވާ!

ސަރުކާރުން ގައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވާ!

އޭޕްރިލް 16, 2023
ރާޒިގް- ސްޓިވާޑަކުން ބައިނަލްއަގުވާމީ ފެންވަރުގެ ޗީފް އިންޖިނިއަރަކަށް

ރާޒިގް- ސްޓިވާޑަކުން ބައިނަލްއަގުވާމީ ފެންވަރުގެ ޗީފް އިންޖިނިއަރަކަށް

އޭޕްރިލް 3, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    0 shares
    Share 0 Tweet 0
  • އިންޑިޔާގެ ކޮޗިންއަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ޖައްސައިފި

    0 shares
    Share 0 Tweet 0
  • ނަޢީމާ މަރައިލުމަށް ބޭނުންކުރި ތޫނު ދެ ހަތިޔާރާއި އެކަން ކުރި މީހުން ލައިގެން ތިބި އަންނައުނު ހޯދައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In