ދުނިޔޭގެ ފުރަތަމަ 3ޑީ ޕްރިންޓެޑް މިސްކިތް ޑުބާއީގައި ބިނާކުރަން ތައްޔާރުވެއްޖެއެވެ.
3ޑީ ޕްރިންޓެޑް މިސްކިތުގެ އަމަލީ މަސައްކަތް ޑުބާއީގައި ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅެވެ.
2،000 އަކަމީޓަރުގެ ސަރަހައްދެއްގައި ބިނާކުރަން ނިންމާފައިވާ 3ޑީ މިސްކިތުގައި 2 ފަންގިފިލާ ތަރައްގީ ކުރަނީ 600 މީހުންގެ ޖާގަ ހިމަނައިގެންނެވެ.

މި މަޝްރޫއަކީ ޑުބާއީގެ އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީސް ޑިޕާޓްމަންޓުން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް ނިންމައި ހުޅުވަން ހަމަޖެހިފައި ވަނީ 2025 ވަނަ އަހަރެވެ.
ޑުބާއީގެ 3ޑީ މިސްކިތާ ބެހޭ ގޮތުން އައިއޭސީއޭޑީގެ އިންޖިނިއަރިން ޑިޕާޓްމަންޓްގެ ވެރިޔާ އަލީ މުހައްމަދު އަލްހަލިއާން އަލްސުވައިދީ ވިދާޅުވީ 3ޑީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިސްކިތެއް ބިނާކުރުމަކީ އިމާރާތްކުރުމުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމެއް ކަމަށެވެ.

2021 ވަނަ އަހަރު ޔޫއޭއިން ވަނީ 3ޑީ ޕްރިންޓިން ސްޓްރެޓެޖީ ޕްލޭނެއް އެކުލަވާލި އެ ޕްލޭންގެ ބޭނުމަކީ 2030 ވަނަ އަހަރު އަންނަ އިރު އެ ގައުމުގައި އިމާރާތްކުރާ ތަންތަނުގެ 25 ޕަސެންޓް 3ޑީ ޕްރިންޓިން އިން ކުރިއަށް ގެންދިއުމެވެ.
މެދުއިރުމަތީގެ އެންމެ ކުރިއަރާފައިވާ އެއް ގައުމުގެގޮތުގައި ފާހަގަކޮށްލެވޭ، ދުނިޔޭގެ އެންމެ އުސް އިމާރާތް ހުރީ ޔޫއޭއީގެ ޑުބާއީއަކީ އިމާރާތްކުރުމުގެ ދާއިރާގައި ޒަމާނީ ބަދަލުތަކަށް ވަރަށް ބޮޑު އިސްކަމެއްދޭ ގައުމެކެވެ.