2003 ވަނަ އަހަރު އުފެއްދި އެއާރ އީކުއޭޓާރއަކީ އައްޑޫ ގަން އިންޓަރނޭޝަނަލް އެއާރޕޯޓު މެއިން ބޭސްއެއްގެގޮތުގައި ބޭނުންކޮށް ރާއްޖޭގައި ހިންގި އެއާރލައިނެކެވެ.
މި އެއާރލައިންގެ ދަތުރުތައް ކުރަމުންދިޔައީ އައްޑޫ އެއާރޕޯޓު ރާއްޖޭގެ އެހެން އެއާރޕޯޓުތަކަށް ދަތުރުކުރާގޮތަށެވެ.
ރާއްޖޭގެ ސިވިލްއޭވިއޭޝަ ޑިޕާރޓުމަންޓުން އެއާރ އޮޕަރޭޓާރ ސެޓިފިކެޓު އެއާރ އީކުއޭޓާރއަށް ދީފައި ވަނީ 2004 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހެވެ.
އެ މަހުގެ 15 ވަނަ ދުވަހު އެއާރ އީކުއޭޓާގެ ރަސްމީ ދަތުރުތައް ފެށިއެވެ. ފުރަތަމަ ދަތުކޮށްފައި ވަނީ އައްޑޫ ގަން އިންޓަރނޭޝަނަލް އެއާރޕޯޓުން ރާއްޖޭގެ މައި އެއާރޕޯޓު އޭރުގެ ނަމުންނަމަ އިބުރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާރޕޯޓަށެވެ.
އެއާރ އީކުއޭޓާރ އުފެއްދީ އޮނަރަ ފާއިޒް/މުރުތީގެ 60 ޕަސެންޓު ހިއްސާއާއި ޒިއާފް އެންޓަރޕުރައިސަސް މޯލްޑިވްސްގެ 40 ޕަސެންޓު ހިއްސާގެ އިތުރުން މޭޖަރ ހޯލްޑަރަކީ އެސްޕީއޭ އޭވިއޭޝަން އޮފް ސިރީ ލަންކާގެ ހިއްސާ ވެސް ހިމަނައިގެންނެވެ.

އެއާރ އީކުއޭޓާރގެ އުދުހުންތަކުގައި ބޭނުންކޮށްފައި ވަނީ ފެއާރޗައިލްޑް އެފް-27 މަރުކާގެ މަތިންދާ ބޯޓެއް އެކަންޏެވެ.
މި އެއާރލައިނުން ދަތުރުކޮށްފައި ވަނީ ރާއްޖޭގެ 4 އެއާރޕޯޓަކަށް ދަތުރުތައް ކުރިއެވެ. އެއީ..
-އައްޑޫ ގަން އިންޓަރނޭޝަނަލް އެއާރޕޯޓް.
- އިބުރާހިމް ނާސިރު އިންޓަރނޭޝަނަލް (މިހާރުގެ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް)
- ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓް
- ކާޑެއްދޫ އެއާރޕޯޓް
މި އެއާރލައިންނަކީ (ޑޮމެސްޓިކް) އެތެރޭގެ އުދުހުންތައް ކުރި އެއާރލައިނެކެވެ.
2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ރާއްޖެއަށް ލިބުނު ގެއްލުމުގެ ސާރވޭ ކުރުމަށް ތުރުކީގެ ޕުރައިމް މިނިސްޓަރ ވަޑައިގަތުމުން މީޑީޔާ ޕުރެސްއާއި އެހެނިހެން ކަންކަމުގެ ޗާރޓަރު ދަތުރުތައް އެއާރ އީކުއޭޓާރއިން ކުރިއެވެ.

2005 ވަނަ އަހަރުގެ މެއި މަހުން ފެށިގެން އެއާރ އީކުއޭޓާރގެ އުދުހުންތައް މަޑުޖައްސާލައި މި އެއާރލައިންގެ އޮޕަރޭޝަން މުޅިން އުއްޓާލީވެސް ހަމަ އެހަރެވެ.
2003 ވަނައަހަރު އިބްރާހިމް އިންޓަނޭޝަނަލް އެއާޕޯޓް އަށް ނަން ބަދަލެއް ނުކުރެއެވެ
2004 ވަނަ އަހަރު އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓެއް ނޯވޭ. އެ ނަމަށް ބަދަލުކުރެއްވީ ނަޝީދު ދައުރުގައި
އޭރު ކިޔާނީ މާލޭ އިންޓަރނޭޝަނަލް އެއަރ ޕޯރޓް