ހުކުރު, ސެޕްޓެމްބަރ 29, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވާހަކަ: މުސްކާން – ފަހު ބައި

ނިރު، ޝާމް ލިޔުނީ: ނިރު، ޝާމް
މެއި 6, 2023
ވާހަކަ
1
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ތިރީސް ވަނަ ބައި

”މަންމަ ބުނީ މިއަދު އެބަ އާދޭ މުސްކާންގެ މަންމައާ ބައްޕަ!….“
”އެހެންތަ! އެމީހުން ބުނިތަ އަންނަ ވާހަކަ!“ އައިންތުގެ ވާހަކަ ނިމެންދެންވެސް ހައިދަރަކަށް ނީދެވުނެވެ. ލިބުނު އުފަަލަކުން މަންމަގެ ވާހަކަ މެދު ކަނޑާލާފައި ހައިދަރު ސުވާލުކުރިއެވެ.

”އާން….. މަންމަ ގުޅާފަ ބުނިން ރިހާންއާ މުސްކާންގެ ކައިވެނި އަވަސްކުރަން ބޭނުމޭ!…..“

”މުސްކާންއާ ރިހާން؟؟؟؟!“

އެއަޑު އިވުމާއެކު ހައިދަރުގެ އަނގައިން ބޭއިޚުތިޔާރުގައި ކިޔައިލެވުނެވެ. އަދި އިންތަނުން ތެދުވެވިއްޖެއެވެ. އެ މޫނުމަތީގެ ކުލަ ފަނޑުވެ މީހާގެ ދެފައިން ވަރުދޫވެއްޖެއެވެ. އެހެންނަމަވެސް ހައިދަރު ހިތްވަރުކުރިއެވެ.

”ތީކޮންއިރަކު ނިމުނުކަމެއް!“ ނެތްހިތްވަރުލާ ހައިދަރު ސުވާލުކުރިއެވެ.

”އެ ދެކުދިން ރައްޓެހިވެގެން އުޅޭތާ ކިތަންމެ ދުވަހެއް! އެހެންވެ މަންމަ ނިންމީ އެ ކައިވެނި އަވަސްކުރަން…. ދަރިފުޅުވެސް ރަނގަޅުކުއްޖަކު ހޯދައިގެން ދިރިއުޅުމެއް ފަށަން އުޅޭ!“ އައިންތުގެ ވާހަކަ ނުނިމެނީސް ހައިދަރު ހިނގައިގަތެެވެ. ކޮޓަރިއާ ދިމާއަށެވެ. އޭރު ގާތްގަނޑަކަށް ހައިދަރުގެ ދެލޮލުން ނީރައިލި ކަރުނަތިކި ކޯތާފަތްމަތިން ތިރިއަށް ފައިބަނީއެވެ. އެ މަންޒަރު އިތުރު އެއްވެސް މީހަކަށް ދައްކާކަށް ހައިދަރު ބޭނުމެއް ނޫނެވެ. ލިބުުނު ޚަބަރުން ހައިދަރުގެ ހުރިހާ އުންމީދެއް ވަޔަށް ބުރަ ބުރައިގެން ގޮސް ވިއްސިވިހާލިވީއެވެ. މުސްކާންއާ އެކު ދިރިއުޅުމެއް ފަށަން ކުރި އުންމީދުތައް ކަފުން ކުރަން ޖެހުނީއެވެ. މުސްކާން ނުރުހުނަސް މުސްކާންގެ ބައްޕައަށް ގުޅާ ކުރީރޭ ވާހަކަ ދެއްކީ މައިންބަފައިންގެ ރުހުން ލިބިއްޖެއްޔާ އެކައިވެނި ކުރުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ދެން ….. ދެން އެޚިޔާލު ސިކުނޑިން ނެރެ ހޫރާލުން ފިޔަވާ އިތުރު ގޮތެއް ހައިދަރަކަށް ނެތެވެ. ލިބުނު ހިތްދަތި ޚަބަރުން ހައިދަރުގެ ހިތް ކުދިކުދިވީއެވެ. އެހެންނަމަވެސް ދެން ހައިދަރުގެ ހިތުގައި މުސްކާންއަށްޓަކައި އިތުރު ޚިޔާލީ ގަނޑުވަރެއް ބިނާކުރާކަށް ހައިދަރު ނުވިސްނާނެއެވެ. އެ ދުވަސް މާޒީވީއެވެ. ހައިދަރު ޢަޒުމުކަނޑައަޅައި ކެތްތެރިވިއެވެ. ލިބެން ނެތް ލޯތްބަކަށްޓަކައި ކަރުނައެޅުމެއް ދެން ނެތެވެ. ހަމަ އެކަނި މަންމައަށްޓަކައެވެ. މަންމަ އެ އޮތީ އެކަން ވަކި ގޮތަކަށް ނިންމާފައެވެ. އެއީ ހައިދަރު ފުރަތަމަ ނަޒަރުން ލޯބިވި އަންހެންކުއްޖާއަށް ވިޔަސް އެ ލޯބި ކާމިޔާބުކުރަން މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބު ވެފައިވާތީ މަންމަގެ ހައްގުގައި އެ ހިސާބުން އެ ލޯބި ވަޅުލީއެވެ.

އެ ދުވަހުގެ އިރު އޮއްސުނުއިރު އެގޭގެ ސިޓިންގރޫމުގައި ތިބި މީހުންގެ ތެރޭގައި މުސްކާންގެ މަންމައާ ބައްޕަ ވެސް ތިއްބެވެ. އެތާގައި މަޝްވަރާ ކުރެވެމުން ދިޔައީ މުސްކާންއާ ރިހާންގެ ކައިވެންޏާބެހޭ ގޮތުންނެވެ. އެހެންނަމަވެސް ކައިވެނި ކުރުމުގެ ކުރިން ރިހާންއާ ބެހޭގޮތުން މުސްކާންގެ މައިންބަފައިންނަށް އެނގެން ޖެހޭ އެންމެ މުހިންމުކަން އެ ދެމީހުންނަށް ހާމަ ކޮށް ނިއުޅާލަން ރިހާންގެ މަންމަ ތައްޔާރުވިއެވެ. މައިންބަފައިން އެކަމާ ރުއްސަން މުސްކާން ގާތު ބުނަން އައިންތު ހުރީ ވިސްނައިގެންނެވެ. އެހެންނަމަވެސް އެ ފުރުސަތު އައިންތަށް ނުލިބި ހުއްޓާ ފެނުނީ އެމީހުން އައިސް ގެއަށްވަންތަނެވެ.

”މުސްކާންއާ ރިހާންގެ ކައިވެނި ކުރެވޭއިރު މުސްކާންގެ މައިންބަފައިންނަށް ކޮންމެހެން އެނގެންޖެހޭ ވާހަކައެއް އޮތުމުން އެކަން ސިއްރު ނުކޮށް މިހާރު އެވާހަކަ ވެސް ދައްކަން އަހަރެން ބޭނުން!“ ދެއަތް ދެއަތާ އުނގުޅަމުން އައިންތު ވާހަކަ ދައްކަން ތައްޔާރުވިއެވެ. އެވަގުތު ރިހާން އިސްޖަހައިލިއެވެ. ދައްކަން އުޅޭ ވާހަކަ ރިހާންއަށް އެނގޭތީއެވެ. އަދި އެކަން މައްސަލައަކަށް ވެދާނެތީ ޚުދު ރިހާން ވެސް ހުރީ ނުލާހިކު ބޮޑަށް ޖެހިލުން ވެފައެވެ. ހިތް ބިރުގެންފައެވެ.

މުސްކާންގެ މަންމައާ ބައްޕަ ވެސް އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ.

”އަހަރެންގެ ރިހާންއަކީ އަހަންނާ ފާރޫގުގެ އުފަން ދަރިއެއް ނޫން!“ އައިންތު ބުނި އެއްޗެއްގެ އަޑު އިވުމުން މުސްކާންގެ ބައްޕައަށް އިންތަނުން ފުންމައިގެން ތެދުވެވުނެވެ. އަދި އިރުކޮޅަކު ދެލޯ ބޮޑުކޮށްގެން ރިހާންއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

”ދެން!“ މުސްކާންގެ ބައްޕަ ސުވާލުކުރިއިރުވެސް އެ ދެލޯ ހުރީ ރިހާންއަށް ހުއްޓިފައެވެ. ހީވަނީ ބިރުވެރި އެއްޗަކަށް ބަލަހައްޓައިގެން ހުރިހެންނެވެ. އިސްއުފުލާލަން ނުކެރި އިން ރިހާން އިނީ ރަނގަޅުގޮތެއްވުން އެދި ދުޢާކޮށްލަކޮށްލައެވެ.

”އަހަރެމެންނަށް ދަރިއަކު ނުލިބިގެން ވަރަށް މަސައްކަތް ކުރަން ޖެހުނު. އެންމެފަހުން އެ ނަސީބު އަހަރެމެންގެ ޙަޔާތުގައި ލައްވާފައި ނެތްކަމަށް ބަލާ ކުޑަކުދިންގެ ހިޔާއިން ސަރުކާރުން ބަލަހައްޓާކުދިންގެ ތެރެއިން ކުއްޖަކު ލިބޭތޯ އަހަރެމެން ބެލީ! އެގޮތަށް މަސައްކަތް ކުރަން ފެށިތަނާ މާގިނަ ދުވަހެއްނުވެ އަހަރެމެނަށް ހައިދަރު ލިބުނީ! ހައިދަރަށް ދެއަހަރުވެސް ވީފަހުން ރިހާންއާ ހަވާލުވާން އަންނަން ސަރުކާރުން އެންގީ! އަހަރެމެންގެ މުދަލާ ގެދޮރާ ލޯތްބާ ހުރިހާ އެއްޗެއް އަހަރެމެން އެދެބެއިންނަށް އެއްވަރަކަށް ދެމުން އައީ! އަދި ދޭން ނިންމާފަ އޮތީވެސް…. އެހެންނަމަވެސް!“ އައިންތު ބަލައިލީ ރިހާންއަށެވެ. އަދިވެސް ރިހާން އިނީ އިސްޖަހާލައިގެންނެވެ.

”އެހެންނަމަވެސް ރިހާން ވަނީ މިގެއިން އެއްވެސް އެއްޗެއް ބޭނުން ނޫންކަމަށް ބުނެފަ. ހުރިހާ އެއްޗެއް ހައިދަރަށް ދޫކޮށްލާފަ…….ގެދޮރާ މުދަލާ މިހުރިހާ އެއްޗަކަށްވުރެ މާ އަގު ބޮޑު އެއްޗެއް ރިހާން އަތުގަވޭ! އެއީ ރިހާންގެ މާތް އަޚުލާޤު. އަހަންނަށް ޔަގީން …. ރިހާން ދަނބިދަރިއަކަށް ބަލައިގަތް ބަޔަކު އެކަމާ އުފާކުރާނެ ކަން!“

”ދިރިއުޅޭނެ ބޯހިޔަލެއް ނެތް މީހަކާ އަހަރެންގެ ދަރިފުޅު ގުޅެން އަހަރެން ރުހޭނީ ކިހިނެއް! އެއްތަން ކުއްޔަށް ހިފާފަ، އަނެއްތަނެއް ކުއްޔަށް ހިފާފަ….. މިހާލުގަ އުޅެން… އަނެއްކޮޅުން މީހާގެ އަސްލަކީ ކޮބައިކަން މައިންބަފައިންނަކީ އާއިލާއަކީ ކޮބައިކަން ނޭނގޭ މީހަކާ!…. ނުބުނެވޭނެ ތިކައިވެންޏަށް އާނއެކޭ!“ އައިންތުގެ ވާހަކަ ހުއްޓުވާލާފަ މުސްކާންގެ ބައްޕަ ވާހަކަ ދައްކަން ފެށުމުން މުސްކާންގެ މަންމަ އިނީ ލަދުން ކުރާނެ ކަމެއް ނޭނގިފައެވެ. މުސްކާންގެ ބައްޕަ މި ފަދަ ގޮތަކަށް ރިހާންއާ ބެހޭގޮތުން ވާހަކަ ދައްކަފާނެ ކަމަކަށް އައިންތު އެއްގޮތަކަށްވެސް ހީނުކުރެއެވެ.

”މިގޭގެ އެއްބައި އެއީ އަހަރެންގެ ކޮއްކޮގެ ހައްގެއް! އޭނައަށް އަހަންނެކޭ އެއްފަދައިން މިގެއިން ބައި އެޅޭނެ!“ ސިޓިންގރޫމުގައި ދެކެވެމުން އައި ވާހަކަ ކޮޓަރިތެރޭ ހުރެ އަޑު އަހަމުން ދިޔަ ހައިދަރު ދޮރު ހުޅުވާލާފައި ނިކުމެ މުސްކާންގެ ބައްޕައަށް ޖަވާބުދިނެވެ.

ހައިދަރުގެ ޖަވާބުދާރީވުން އަޑު އިވުމުން އެހާއިރުވަންދެން މަޑުން އިން ރިހާންއަށް ކުރީ ފުން އަސަރެކެވެ. އަދި އިންތަނުން ތެދުވެ ހައިދަރާ ދިމާއަށް ދެލޯ ބޮޑުކޮށްގެން ބަލަން ފެށިއެވެ.

”އާން، ކޮއްކޯ ރިހާން، އަހަންނަށް މަޢާފުކުރޭ! ކޮއްކޮއާ މުސްކާންގެ ކައިވެންޏަށް ބައްޕަ ނެތް ތަނެއް ނުދައްކާ ހުރިހާ ކަމެއް ބައްޕަ ދުނިޔޭގައި ހުރި އިރު ކޮށްދިން ފަދައިން ބޭބެ ކޮށްދޭނަން! ތިއީ އަހަރެންގެ މަންމައާ ބައްޕަގެ ނު އުފަންނަ ކުއްޖެކޭ އެއްވެސް މީހަކު ބުނާ އަޑު މީގެ ފަހުން އަހާކަށް ނެތިން!“ ހައިދަރު ހުރީ މުސްކާންގެ ބައްޕަ ދެއްކި ވާހަކައިން ވަރަށް ބޮޑަށް ހިތުގައި ޖެހިފައިކަން ހައިދަރުގެ އަޑުން އެނގެއެވެ. އަދި ހައިދަރުގެ ވާހަކަ އަޑު އިވުމުން ރިހާންއަށް ދުވެލާފަ ގޮސް ހައިދަރުގެ ގައިގާ ބައްދައިގަނެވުނެވެ. އެވަގުތު އެ މަންޒަރުން އަސަރުކޮށްފައިވާ އައިންތުގެ ދެ ލޮލުން އޮހޮރިގަތީ ކަރުނައެވެ. އެއީ އުފަލުގެ ކަރުނައެވެ. އޭނަގެ އަމިއްލަ ބަނޑުން ވިހޭ ދަރިފުޅު ޒިންމާ ނަގާ ޒިންމާދާރު ކުއްޖަކަށްވީތީ އުފަލުން އެދެލޮލުން ފޭބި ކަރުނަ އޮހޮރިގެން ދާން ދޫކޮށްލައިގެން އައިންތު ހުއްޓެވެ. އައިންތާ ފާރޫގު އަބަދުވެސް ދެކެމުން އައި ހުވަފެނަކީ އެ ދެބެން އެއްގަލަކަށް އަރާ، ހައިދަރު، ރިހާން އެއީ އަމިއްލަ ކޮއްކޮކަމަށް ގަބޫކުކުރުމުގެ ހުވަފެނެވެ. މި އަދު ފާރޫގު ދުނިޔޭގައި ނެތީސް ވެސް އެ ހުވަފެން ހަގީގަތަކަށް ވުމުން އައިންތަށް ރޮވުނީއެވެ.

މަޑު މަޑުން ކުރިއަށް ޖެހިލަައި އައިންތަށް ބައްދައިގަނެވުނީ ދެބެން ގައިގާ އެކުއެކީގައެވެ. އެއީ ބަލަން ހުރި ކޮންމެ މީހެއްގެ ހިތަށް ވެސް ތަފާތު އަސަރެއް ކުރުވާނޭ ޖަޒުބާތީ ވަގުތުކޮޅެކެވެ.

މުސްކާންއަށް ގެއަށް އާދެވުނުއިރު އެގޭގައި ލައްކަ ކަން ހިނގައި ނިމިއްޖެއެވެ. ބަނަވެފައިވާ އެގޭގެ މާހައުލުގެ ބަނަކަން ފިލާ އަލިވެއްޖެއެވެ. ކަޅުވެފައިވާ ހިތެއްގެ ކަޅުކަން ދޮވެވި ސާފުވެއްޖެއެވެ. ހައްލު ނުކުރެވި އެތައް އަހަރެއްވެފައިވާ ދެމީހެއްގެ މުޅިދިރިއުޅުން އުންމީދުން ފުރި ފަސޭހަވެގެން ހިގައްޖެއެވެ. މިއިން އެއްވެސް ކަމެއް ނޭނގިހުރި މުސްކާން ގެއަށް އައިސް ވަންނަން ދިޔައީ އާދައިގެ މަތިން އޭނައާ ރިހާން މަންމަ ދިރިއުޅޭ ކޮޓަރިއަށެވެ. ދޮރުހުޅުވުމަށްފަހު އެތެރެއަށް އެޅި ފުރަތަމަ ފިޔަވާޅާ އެކު މުސްކާންގެ ދެލޯ ތަންމިނަށް ހުޅުވުނެވެ. ކޮޓަރީގެ އެއްފަރާތުގައި އައިންތު ނަމާދަށްހުރިއިރު އަނެއް ފަރާތުގައި އެހެރީ އޭނަގެ މަންމައެވެ. އެ މަންޒަރަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އަލުން މަޑުމަޑުން ދޮރު ލައްޕައިލުމަށްފަހު މުސްކާން ނިކުތީ ސިޓިންރޫމަށެވެ.

މަންމަ އައި އިރަކާ ގޭ އެހެންމީހުންގެ ވާހަކަ އެހޭނީ މަންމަ ނިކުތުމުން ކަމުން ކޮފީއެއްހަދާލަން ވެގެން ފެން ހޫނުކުރަން އުޅެނިކޮށް ދެން ވެސް މުސްކާންއަށް ފެނުނީ އެފަދަ ހަިއރާން ކުރުވަނިވި މަންޒަރެކެވެ. ގޭގެ ސިޓިންގރޫމު ހުޅުވާލާފައި އެތެރެއަށް ވަނީ ފުރަތަމަ ހައިދަރެވެ. ދެން މުސްކާންގެ ބައްޕައެވެ. ދެން ހުރި މީހަކު ވަނުމުގެ ކުރިން މުސްކާންގެ ދެފައިކޮޅުން ވަރުދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. ނަސީބަކުން އޭގެ ކުރިން އެދެމީހުންގެ ފަހަތުން ރިހާން ވަނެވެ. މުސްކާންގެ މޫނުމަތިން އަނެއްކާވެސް ފެނުނީ ހައިރާންކަމެވެ. މިފެންނަނީ ކޮންފަދަ ކަންތައްތަކެއް ހެއްޔެވެ! ހިތާ ހިތާ މުސްކާންއަށް ކިޔައިލެވުނެވެ. ބައްޕައަށް ގުޅަން ރިހާން ބުނެފައި އޮތަސް މިހާއަވަހަށް އެ މީހުން އަންނާނީ ކިހިނެއްހެއްޔެވެ!

”މުސްކާން! އަހަރެމެނަށް ވެސް ކޮފީ ހަދާލަބަލަ!“ ހައިދަރު ގެ އަޑު އިވުމުން މުސްކާންއަށް ބަލައިލެވުނީ ރިހާންގެ މޫނަށެވެ. އޭރު މުސްކާން ހުރީ އޭނަގެ ބައްޕަ ކައިރިއަށް އައުމަށް ހިނގައިގެންފައެވެ. މުސްކާން ބަލައިލުމުން ރިހާން ހީނލަމުން ބޮލުން ޖަވާބު ދިނެވެ.

މުސްކާންގެ ބައްޕަ އެދުނީ ފިނި ފެންތައްޓަކަށެވެ.

ރޭގަނޑުގެ ފުރަތަމަ ދަން ހުސްވެ ދެވަނަ ދަމަށް އެޅިއިރު ވެސް މުސްކާންއާ ރިހާން ތިބީ އެދެމީހުންގެ ލޯބީގެ ހުރިހާ މަލެއް ފޮޅި ފަރިވި ޓެރެސް މަތީގައެވެ.

ސަފަރު މަހެއްގެ ތޭރަވިލޭރޭގެ ހަނދު އޭގެ އެންމެ ފުރިހަމަ ކަމުގައި ކާއިނާތުގައި ރަނިކަން ކުރަމުން ދިޔައިރު މުސްކާންގެ އަތުގެ އިނގިލިތަކަށް ރިހާންގެ އަތުގެ އިނގިލިތައް މަހާލައިގެން ޓެރެސްގެ އަރިމަތީ ރެއިލިންގައި ލެނގިލައިގެން އެދެމީހުން ތިބީ ދުރުން، މާދުރުން ރާޅުބީއްސަމުން ދިޔަ ގޮނޑުދޮށަށް އެދެމީހުންގެ ހުރިހާ ސަމާލުކަމެއް ދޫކޮށްލައިގެންނެވެ. ރިހާން ސިކުންތުކޮޅެއް ކުރީން މުސްކާންއަށް ކިޔައިދީ އެ ނިންމީ މިއަދު ހައިދަރު ދެއްކި ވާހަކަ ތަކެވެ. ހައިދަރު ކަންކުރި ގޮތުގެ ވާހަކަތަކެވެ. އަދި އެއީ ރިހާން އަބަދުވެސް ބޭނުންވެ އެދިގެން ހުރި ގޮތް ކަމަށާ އެކަން ވެސް މިއަދު ފުރިހަމަވެގެން ދިޔައީކަމަށް ރިހާން ބުނީ މުސްކާންގެ ބޮލުގެ އިސްތަށިގަނޑުގައި ނޭފަތް ޖައްސައިލަމުންނެވެ.

ކުއްލިއަކަށް ކަޅުކުލައިގެ ވިލާކޮޅެއްގެ ތެރެއަށް ހަނދު ގެއްލި ދުނިޔެއަށް ކުޑަކުޑަ ހިނދުކޮޅެއްގެ އަނދިރިކަން ވެރިވި ހިނދު މުސްކާން ލެނގިލީ ރިހާންގެ މޭމަތީގައެވެ. މުސްކާންގެ އަތުގެ އިނގިލިތަކުން ދޫކޮށްލުމަށްފަހު ރިހާން ވެސް މުސްކާން ގަޔާލާ ކައިރިކޮށްލީ އެ ހިތުގައި އުފެދިފައިވާ ޒުވާން ލޯބީގެ ޖޯޝްގައެވެ. އަދި މުސްކާންގެ މެދުހަށީގައި ދެ އަތުން ހިފާލާ އިތުރަށް ވެސް ކައިރިކޮށްލިއެވެ. އެއީ މީގެ ހަފުތާއެއްހާ ދުވަސް ފަހުން އޭނަގެ އެހަށިގަނޑުގެ މިލްކްވެރި ފަރާތެވެ. އޭނާގެ ހަށިގަނޑުގެ ހޫނުން ހޫނުކަން ހޯދައިދޭނެ އޭނަގެ ހަޔާތުގެ ބައިވެރިޔާއެވެ. މުސްކާންގެ އަޑު އެންމެ ފުރަތަމަ ދުވަހު އިވުނު ހިނދުން ފެށިގެން އެ މީހެއް ދެކެ ރިހާންއަށް ލޯބިވެވުނު ލޯބިވެރިޔާއެވެ. ރެއާ ދުވާލު އެ ފަރާތެއް ދެއްވުން އެދި ދެލޮލުގެ ފެނުމަށް ދުޢާ ކުރެވުނު ފަދައިން ދުޢާ ކުރެވުނު އަންހެންކުއްޖާއެވެ. އާނއެކެވެ. މުސްކާންގެ ސަބަބުން އަލިވެގެން ދިޔައީ ހަމަ އެކަނި އޭނަގެ ދިރިއުޅުމެއް ނޫނެވެ. އަލިވެގެން ދާނީ އޭނަގެ މުޅި ވުޖޫދަށެވެ.

-ނިމުނީ-

ގުޅުންހުރި ލިޔުންތައް

ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ފުރަތަމަ ބައި)

ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ބާރަވަނަ ބައި)

ސެޕްޓެމްބަރ 27, 2023
ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ސޯޅަވަނަ ބައި

ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ހަތާވީސްވަނަ ބައި

ސެޕްޓެމްބަރ 26, 2023
ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ފުރަތަމަ ބައި)

ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (އެގާރަވަނަ ބައި)

ސެޕްޓެމްބަރ 25, 2023
ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ސޯޅަވަނަ ބައި

ވާހަކަ: ފާޅުގާ ދިން އަނިޔައިގާ – ސައްބީސްވަނަ ބައި

ސެޕްޓެމްބަރ 24, 2023

Comments 1

  1. Hfhrjru says:
    5 months ago

    Hdhdhdh

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ރައީސް ޞާލިޙަށް ދެން މޮޅުނުވެވޭނެކަން ގަބޫލުކުރެއްވުން އެއީ ގައުމަށް ވަރަށް ބޭނުންތެރިކަމެއް: ނަޝީދު

    0 shares
    Share 0 Tweet 0
  • ޑެންގޫ ޖެހިގެން އެއް އާއިލާގެ ދެ ބޭފުޅަކު މިއަދު ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • ބަނޑުގައި ހުންނަ ސަރުބީތައް ވިރުވަން ބޭނުންތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In