ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަށް ބަދަލު ގެނެސްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އޭޕްރީލް 30 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 7312.55 ރުފިޔާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް އެ އަހަރަކު މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ކަނޑައަޅައެވެ.
މުދަލުގެ ޒަކާތުގެ ނިޞާބަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ މާޗުމަހުގައެވެ. މާޗު 17 ވަނަ ދުވަހުން ފެށިގެން އޭޕްރީލް 30 އާ ހިސާބަށް މުދަލު ޒަކާތުގެ ނިޞާބަކީ 7241.15 ރުފިޔާއެވެ.
މިހާއެއް ެެހިއުބޮޑުއިރު ބޭނުންވާކަމެއް ކުރަން ދެން ރުފިޔާކޮޅެއް އެއްކުރާނީ ކިހިނެއް