މި އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުން މިއަދު ހަވީރު 18:00 އަށް ހަމަވާނެކަން އިސްލާމިކް މިނިސްޓްރީން ހަނދާންކޮށްދީފިއެވެ.
އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނާނީ ހަމައެކަނި ބަނޑޭރި ޕޭއިންނެވެ. އެއީ މިއަދު 18:00 ގެ ނިޔަލަށެވެ.
ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނީ މިއަދު 17:30 އާ ހަމައަށް މިނިސްޓްރީގެ ހޯލުންނެވެ.
މީގެއިތުރުން ގޮވާމުން ފިތުރު ޒަކާތް ދެއްކުން ކުރިއަށްދާނީ މިރޭ 22:30 އާ ހަމައަށް މަޖީދިއްޔާ ސްކޫލްގެ ޞަލާޙުއްދީން ހޯލުގައެވެ.