ހޯމަ, އޮކްޓޯބަރ 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ސަރުކާރުން ގައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވާ!

ފަޚުރުއްޒަމާން މުޙައްމަދު ލިޔުނީ: ފަޚުރުއްޒަމާން މުޙައްމަދު
އޭޕްރިލް 16, 2023
ރިޕޯޓް
1
ސަރުކާރުން ގައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވާ!

ގައުމު މިދަނީ ވަރަށް ނާޒުކު ދުވަސްތަކެއް ކަޑައްތުކުރަމުންނޭ މީހުން ކިޔާ އަޑު ތިޔަބޭފުޅުން އެއްސެވި ގޮތަށް އަޅުގަނޑު ވެސް އެ އަޑު އެހީމެވެ.

އެއްބަޔަކު ބުނަނީ އެއީ ގައުމުގެ އަގު ވައްޓާލަން އިދިކޮޅު މީހުން ދައްކާ ވާހަކައެއް ކަމަށެވެ. ސަރުކާރުގެ ހުރުމަތް ކަނޑާލަން ދުޝްމަނުން ފަތުރާ ވާހަކައެއް ކަމަށެވެ. ފިތުނަ ފަސާދަ އުފައްދަން ކުޅޭ ކުޅިވަރެއް ކަމަށެވެ.

އެކަމަކު ސުއާލަކީ ….؟

ގައުމުގެ ދަރަނި އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން ނުދޭ ހެއްޔެވެ؟ ގައުމުގައި ފައިސާ ޗާޕުކުރުން ހުއްޓުމެއް ނެތި ކުރިއަށް އެބަ ދޭ ހެއްޔެވެ؟

ބޮންޑު ވިއްކަމުން އެބަ ދޭ ހެއްޔެވެ؟

ދައުލަތަށް ލިބޭ އެއްޗަކަށް ވުރެ ޚަރަދު ބޮޑުވަމުން އެބަ ދޭ ހެއްޔެވެ؟

މުދަލުގެ އަގު ބޮޑުވަމުން ނުދޭ ހެއްޔެވެ؟

ޓެކްސްގެ ބުރަ އުފުލަން ރައްޔިތުންނަށް ނުޖެހޭ ހެއްޔެވެ؟

ހަގީގަތަކީ …..؟

ހަގީގަތަކީ އަޅުގަނޑުމެން ތަހައްމަލު ކުރަމުން މިދަނީ ހަމަ ވަރަށް ދަތި ދުވަސްވަރެކެވެ.

ރާއްޖެ ވޭތުކުރަމުން މިދަނީ ވަރަށް ވޭން ހުރި ދުވަސްތަކެއްކަން ގައުމާއި ގައުމުގެ މުއައްސަސާތަކާއި ވެރިން އެބަ ގަބޫލުކުރޭ ހެއްޔެވެ؟

ރާއްޖެ ވޭތުކުރަމުން މިދަނީ ވަރަށް ވޭން ހުރި ދުވަސްތަކެއްކަން ގައުމާއި ގައުމުގެ މުއައްސަސާތަކާއި ވެރިން ގަބޫލުކުރަން ނުޖެހޭ ހެއްޔެވެ؟

ސުއާލަކީ ރާއްޖެ ވޭތުކުރަމުން މިދަނީ ވަރަށް ވޭން ހުރި ދުވަސްތަކެއްކަން ގައުމާއި ގައުމުގެ މުއައްސަސާތަކާއި ވެރިން ގަބޫލުކުރަން ފަށާނީ ކޮން އިރަކުން ހެއްޔެވެ؟

މި ވަގުތާއި ހާލަތަކީ ސީރިއަސް ހާލަތެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރ އަމީރާއި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު މަވޯޓާ އިބްރާހީމް ޝަރީފް ވިދާޅުވިޔަސް ގައުމުގެ ހަ ފަރާތުން ފެންނަނީ މިއީ ނުރައްކާތެރި ހާލަތެއްކަމުގެ އަސަރުތަކެވެ. އެކަމާ މެދު ބަޔަކު ވިސްނައި، ރާއްޖެ މި ވެއްޓިފައި އޮތް ކުނިގޮނޑުން ބޭރުކޮށްލުމުގެ ފުރުސަތު އެބަ އޮތެވެ.

އިބްރާހީމް ޝަރީފް: ސަރުކާރަށް ސަޕޯޓުކޮށް ދައްކަވާ ވާހަކައިން ސަރުކާރުގެ އަގު ވެއްޓޭ

ވަކި މީހެއް ނޫނެވެ. ހަމަ އެންމެން ވެސް ފެންނަނީ އަމިއްލަ މަސްލަހަތަށް ޓަކައި ހަނގުރާމަ ކުރަމުންދާ ދާތަނެވެ. އެހެން މީހުންނަކީ ކަނު ބައެއް ކަމަށް ދެކޭ ތަނެވެ.

މުޅި ރާއްޖެ މި ވަނީ ވަރަށް ބޮޑަށް ފިތުނަވެރިކަމެއްގެ ތެރޭގައެވެ. އިގުތިސާދީ ހާލަތު ވަނީ އަޅުވެތިކަމުގެ ދުވަސްވަރަށް ވުރެ ދެރަ ނިކަމެތި ހާލެއްގައެވެ.

ގައުމުގައި އުއްމީދެއް ނެތި މާޔޫސްކަން ފެތުރެމުންދާއިރު ސަރުކާރުގެ މެޝިނަރީތަކާއި ވިޔަފާރީގައި އަދާކުރާ  ދައުރުގައި ޔަގީންކަމެއް ނެތްކަން ފާހަގަކޮށްލެވެއެވެ. ކާޑުގެ ބާވަތްތައް (ހަނޑުލާއި ހަކުރާއި ގޮދަން ފުށް) އެސްޓީއޯއިން ރާއްޖެއަށް ގެންނަނީ ދަރަނި ފައިސާއަށެވެ. އިންފްލޭޝަން ހުއްޓިފައެއް ނުވެއެވެ. އަދި އެކަން ކޮންޓްރޯލް ކުރުމަށް ހަރުދަނާ އެއްވެސް ފިޔަވަޅެއް އަޅަމުން ނުދާ ވާހަކަ ކަމާ ބެހޭ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. މި ގައުމުގައި އިންފްލޭޝަން ކޮންޓްރޯލް ކުރުމަކީ ޒިއްމާދާރު އެއްވެސް މީހަކު އިސްކަންދޭ ކަމެއް ހެން ހީއެއް ނުވެއެވެ. އެކަން ކުރާނަމަ ކުރަނީ އަނގައިންނެވެ. ޢަމަލުން ކުރާތަނެއް ނުފެނެއެވެ.

ގައުމުގެ މިއަދުގެ ހާލަތަކީ ހަމައެކަނި ސީރިއަސް ހާލަތެއް ނޫން ކަމަށާއި، ވަރަށް ސީރިއަސް އަދި ނުރައްކާތެރި ހާލަތަކަށް ދަނީ ކަމަށް ގަބޫލުނުކޮށް ގައުމާއި މުޖުތަމިއު އިސްލާހު ކުރާނީ ވެސް ކިހިނެއް ހެއްޔެވެ؟

ގައުމު ބަނގުރޫޓުވަމުން ދާއިރު ހުރިހާކަމެއް ހިނގަމުންދަނީ ބަރާބަރަށޭ ތިބެގެން ކިޔަނީ ޑިމޮކްރަސީގެ ނިވައިދަށަށް ފަރާތުގައި ތިބެ އަމިއްލަ އެދުމަށް ޓަކައެވެ. ގައުމުގެ އިގުތިސާދު ވަރަށް ބަރާބަރޭ، ވަރަށް މޮޅޭ ވިދާޅުވެ އެންމެ ގިނައިން ވާހަކަދައްކަވާ މަވޯޓާ ޝަރީފަކީ ކޮވިޑުގެ ލުއި ލޯނުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ހޯއްދަވައި ޖީބަށް އެޅުއްވި ބޭފުޅެކެވެ.  

މަ ވޯޓާ ޝަރީފު ދައްކަވާ ވާހަކަތަކުން ހީވަނީ ޑިމޮކްރަސީއާއި ސިޔާސީ ކަންކަމާއި އިގުތިސާދަކީ ކުޑަކުދިން ކުޅޭ ކުޅިވަރެއް ހެންނެވެ.

ސަރުކާރުގެ ދިފާއުގައި މަ ވޯޓާ ޝަރީފު ދައްކަވާ ވާހަކަތަކުން ހީވަނީ ދިވެހި ރައްޔިތުންނަކީ ގަމާރުންތަކެއް ހެންނެވެ.

އިގުތިސާދީ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ މިރާއްޖޭގެ ދަރަނި ތާރީޚުގައި ދުވަހަކުވެސް ބޮޑު ނުވާވަރަށް ބޮޑުވެ، ބަރުވެގެން ގޮސް ބިލިއަން ޑޮލަރުގެ ދަރަންޏެއް ރައްޔިތުންގެ ބޮލުގައި އެޅުން ވެސް ބައެއް ސިޔާސީ ރޯނު އެދުރުން ސިފަކުރަމުން ދަނީ ސަރުކާރުން ހޯދާ ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.

ސަރުކާރަށް ބަލާއިރު، ގައުމުގެ ތާރީޚުގައި ދުވަހަކުވެސް މިހާ ބަލިކަށި ނާގާބިލު އަދި ދަރަނިވެރި ސަރުކާރެއް ރާއްޖޭގައި ވެރިކަން ނުކުރާކަމަށް އެމްޑީޕީގެ މެންބަރުން ބުނަމުން އެބަދެއެވެ. ސަރުކާރުން ފެންނަނީ ދިފާއަށް ކުޅެމުންދާތަނެވެ. މާޔޫސް ވަމުންދާތަނެވެ. ސަރުކާރުގެ އެއްވެސް ހަރުދަނާ މަގާމެއް އަދި ސްޓްރެޓެޖީއެއް ވެސް ނެތެވެ. ސަރުކާރުން ފުރަތަމަ ދެކޮޅު ހަދައި ފަހުން އެއްބަސްވެއެވެ.

ސަރުކާރަށް މިހާރު ލޯނު ހޯދަން ދަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ދޭތެރެދޭތެރެއިން އެބަ ވިދާޅުވެއެވެ. ރައްޓެހި ގައުމަކުން ލޯނެއް ނުލިބޭތާނގައި  މުސްލިމު ގައުމަކުން ވެސް ލޯނެއް ނުލިބެއެވެ. އިންފްލޭޝަން ކޮންޓްރޯލް ނުކުރެވި މަސްތުވާތަކެތީގެ ވިޔަފާރި ދަނީ އާއްމު ވަމުންނެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް މައްސަލައެއް ހުށަހެޅިޔަސް އޭގެ އަސާސް އެހާ ބަލިކަށި ކަމުން ޖެހިގެން އަންނަ ދުވަހު އެ މީހުން ކޯޓުތަކުން އެބަ ދޫކޮށްލަ އެވެ.

ސަރުކާރުގައި އޮތް ތެދުވެރި އެޖެންޑާއަކީ ކޮބައި ހެއްޔެވެ؟ ހުރިހާކަމެއްގައި ކުރީގެ ސަރުކާރު ގޯސްކޮށް ކުށްވެރި ކުރަމުންދާއިރު މިހާރު ވެރިކަން ކުރާ ބޮޑު ކޯލިޝަނުން ވެރިކަމަށް އަރައި އެޅި މުހިއްމު ފިޔަވަޅަކީ މަހުގެ އަގު ދަށް ކުރުމެވެ.  މަސްވެރިންނަށް ހައްގު މިންވަރު ދިނުމަކީ މަހުގެ އަގު ދަށްކުރުން ހެއްޔެވެ؟

ސްޓްރެޓެޖީއެއް ނެތެވެ. ކެތްތެރިކަމެއް ހިތްވަރެއްވެސް ނެތެވެ. ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއްކަމަށްވާ މުޒާހަރާ ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދީގެން ތިބުމުގެ ކެރިކުޅަދާނަކަމެއް ވެސް ސަރުކާރުގައި ނެތެވެ.

މުއައްސަސާތައް ފުނޑުފުނޑުކޮށް ބަނގުރޫޓުކޮށް ހަދާ، ނުކުޅެދޭ ވަގުންނާ މެދު ސަރުކާރުން ފިޔަވަޅުއަޅަން ފަށާނީ ކޮން އިރަކު ހެއްޔެވެ؟

ސަރުކާރުގައި އުއްމީދެއް ނެތެވެ. ރޯމަސް ވަޅޯކުރަން އުޅުނު ފެކްޓްރީތައް ވަޅޯވެއްޖެއެވެ. ރައްޔިތުން މާޔޫސްވެއްޖެއެވެ.

ސަރުކާރުގެ ރަސްމީ ތަރުޖަމާނު މިއުވާނާއި  ނުރަސްމީ ތަރުޖަމާނު މަ ވޯޓާ ޝަރީފާއި ސަރުކާރުގެ ސަޕޯޓަރުން ގައުމު ބަނގުރޫޓު ނުވެއޭ، ނުވާނެއޭ ކިތަންމެ ރީތި ރާގުރާގަށް އަޑު ހަރުކޮށް ގޮވަމުން ދިއަޔަސް ދައުލަތާއި ކުންފުނިތަކާއި އަޅުގަނޑުމެން ފަދަ ނިކަމެތި ރައްޔިތުން ދަނީ ދަރައި ވިކި ބަނގުރޫޓު ވަމުންނެވެ. ކިޔަވައިގެން ތިބި ޒުވާނުން ވަޒީފާގެ ކިއުގައި ބާކީވެފައި ތިބިއިރު ވަޒީފާއެއް ލިބެނީ ސިޔާސީ ގަމާރުންނަށެވެ. އެއީ ދިވެހި ރައްޔިތުންނަށް ހައްގު މިންވަރެއް ނޫނެވެ.

ސަރުކާރެއްގެ ބޭނުމަކީ ރަނގަޅު ހައްލެއް ހޯދައި ދިނުމެވެ. އެކަން ކޮށްދެއްވާށެވެ! ”ސަރުކޮރު“ ވާކަށް ނުޖެހެއެވެ. ރައްޔިތުންނަށް ބޭނުމީ ”ސަރުކޮރެއް“ ނޫނެވެ.

ރައްޔިތުންނަށް ބޭނުމީ ފުރިހަމަ ސަރުކާރެކެވެ.

ރައްޔިތުންނަށް ބޭނުމީ ލުއި ފަސޭހައެވެ. ލުއި ފަސޭހަ ހޯދައިދޭ ސަރުކާރެކެވެ.

ސަރުކާރުން ގައުމާއި ރައްޔިތުން ސަލާމަތް ކޮށްދެއްވާށެވެ!  

ގުޅުންހުރި ލިޔުންތައް

މިއަދަކީ ދިވެހިރާއްޖޭގެ 80 ވަނަ ޤައުމީ ދުވަސް

މިއަދަކީ ދިވެހިރާއްޖޭގެ 80 ވަނަ ޤައުމީ ދުވަސް

ސެޕްޓެމްބަރ 16, 2023
ފަހަރުގައި މާދަމާ ބުރިޖުވެސް ހުޅުވަފާނެ އެވެ!

ފަހަރުގައި މާދަމާ ބުރިޖުވެސް ހުޅުވަފާނެ އެވެ!

ސެޕްޓެމްބަރ 13, 2023
ކުއްލިއަކަށް ސިޓީ ލީކުވުން، ސަރުކާރުން މަރު ފަލި ޖަހަނީ.!!

ކުއްލިއަކަށް ސިޓީ ލީކުވުން، ސަރުކާރުން މަރު ފަލި ޖަހަނީ.!!

ސެޕްޓެމްބަރ 11, 2023
ރިޔާސީ އިންތިޚާބު: ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

ޕީއެސްއެމްގެ ބަހުސް ކެންސަލް ކުރުމުން ފާޑުކިޔުން: އަމިއްލަ ކެންޑިޑޭޓުންނަށް އޮތް ފުރުސަތު ގެއްލުނީ

އޯގަސްޓް 29, 2023

Comments 1

  1. Khalle says:
    6 months ago

    Mi liumakee varah furihama liumeh. Gaumuge haalathu rangalhah balaafa , kanhurigoiy bayakah kiyaidhinun fadha furihama

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ބާރަވަނަ ބައި)

    0 shares
    Share 0 Tweet 0
  • އައިޝްވާރިޔާ ދަރިފުޅުގެ ރަހުމަތްތެރިން ބައްދަލުކުރަން އެޕޮއިންޓްމެންޓް ހަދަންޖެހޭ

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (އެގާރަވަނަ ބައި)

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In