ދިވެހިންގެ އެހީގައި ފަލަސްޠީނުގައި މިސްކިތެއް އެޅުމަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.
އައިއޭސީ މޯލްޑިވްސް އިން ބުނީ މި މިސްކިތް އެޅުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާގެ ޞަދަޤާތް ޖާރިޔާ ޕްރޮޖެކްޓްތަކަށް ހާއްސަކޮށްގެން ހުޅުވާލައިގެން ކުރިއަށް ގެންދާ ”ތަޖްރީ“ ގެ ތެރެއިން ކަމަށެވެ.
”މަސްޖިދުލް ގުއްދޫސް“ގެ ނަމުގައި އަޅާ ތިން ފަންގިފިލާގެ މި މިސްކިތަކީ ޖާގައިގެ ގޮތުން ތަނަވަސް ހިތްގައިމު މިސްކިތަކަށް ވެގެންދާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ. މި މިސްކިތުގައި އެއްފަހަރާ 1،100 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށްވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.
ތަޖްރީގެ ދަށުން ޖުމްލަ ހަތަރު މިސްކިތެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. ތަޖްރީ އަކީ ކޮންމެ ވަގުތަކުވެސް ކޮންމެ އަދަދެއްވެސް ދެއްވޭނެ ދެމިގެންދަނިވި ޞަދަޤާތުގެ ފަންޑެކެވެ.
އައިއޭސީ މޯލްޑިވްސްގެ އުންމީދަކީ މި ހިނގާ ރަމަޟާން މަސް ނިމުމުގެ ކުރިން މި ހަތަރު މިސްކިތަށް ފަންޑު ލިބި މަސައްކަތް ފެށުމެވެ.
މި މިސްކިތްތައް އެޅުމަށް އެހީދޭން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާ ކުރާނީ 7770000062741 އެކައުންޓް ނަމްބަރަށެވެ.