ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ އެކި ކުންފުނިތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ އިދާރާއިން މިރޭ އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ކުރި ޓުވީޓެއްގައި ބުނީ ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނެ އެކި ކުންފުނިތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ ގޮތުން އެކަން ބަލަމުންދާ ކަމަށް ބުންޏެވެ.
”މި މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ކްލިކް ނުކުރުމަށް ދަންނަވަން.“
މިފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ފުލުހުންގެ އޮންލައިން ކްރިމް ރިޕޯޓިންގ ޕޯޓަލް police.gov.mv/crimereport މެދުވެރިކޮށް ނުވަތަ ހޮޓްލައިން ނަންބަރު 3322111 މެދުވެރިކޮށް ރިޕޯޓުކުރަން ފުލުހުން ވަނީ އެދިފައެވެ.