ބަންގްލަދޭޝްގައި ކިޔަވާ ދިވެހިންނަށް ދިގު މުއްދަތުގެ ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ވިސާ ދިނުމަށް ބަންގްލަދޭޝް ސަރުކާރުން ނިންމައި އެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
ބަންގްލަދޭޝްގައި މަތީ ތައުލީމް ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ވިސާ ދޭން އެ ގައުމުން ނިންމާފައި މިވަނީ ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް މިކަމަށް އެދިވަޑައިގެންފައިވަނިކޮށެވެ.
ބަންގްލަދޭޝްގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މެޑިސިންގެ ދާއިރާ އިން އަންނަނީ ކިޔަވަމުންނެވެ.