ގއ. ކަނޑުހުޅުދޫގައި ގެއްލިގެން ހޯދަމުން ދިޔަ ޒުވާނަކު މަރުވެފައި އޮތްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ކަނޑުހުޅުދޫގައި 24 އަހަރުގެ ފިރިހެނަކު މިއަދު ފަތިހު 4:25 ހާއިރު ގެއިން ނިކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އާއިލާ މީހުންނާއެކު އޭނާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ ސައިކަލާއެކު ރަށުގެ ފަޅުތެރޭ މޫދުން ކަމަށް ފުލުހުން ބުނެ އެވެ.
އެ ޒުވާނާ އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހެލްތް ސެންޓަރާއި ހަވާލާދީ ފުލުހުން ބުނެ އެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.