އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ނޫން ކަމަށް ޤާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ މަގާމެއްގައި ހުންނެވި އާޒިމް މިއަދު ޖޭޕީގެ ؛ީލީޑަރު ޤާސިމަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ޞާލިޙަށް ތާއީދުކުރަން ނިންމަވާފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބަށް ޖޭޕީން ކެންޑިޑޭޓަކު ނެރެ، އެ ޕާޓީ އިސްވެ އޮވެ ކޯލިޝަން ހެދުމަށް ނިންމާފައިވާތީ ޤާސިމްގެ އެޑްވައިޒަރުކަމުގެ މަގާމުގައި މިވަގުތު ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރައްވާތީ މިއަދުން ފެށިގެން އެ މަގާމުން އިސްތިއުފާ ދެއްވައިފިން ކަމަށެވެ.
އެ ގޮތުން އިލްހާމް ވިދާޅުވީ އާޒިމަކީ ޤާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ނޫން ކަމަށާއި އެއީ މާކުރީގެ ވާހަކައެއް ކަމަށެވެ.