ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓްރީ އާންމުކޮށް، އެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިައދު ހެނދުނު 10:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށެވެ.
ދިވެހިސަރުކާރުގެ ގެޒެޓާއި އީސީގެ ވެބްސައިޓުގައި ވަނީ ރަޖިސްޓްރީ އާންމުކޮށްފައެވެ.
ޝަކުވާ ހުށަހަޅާ ފޯމު އީސީ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ އީސީގެ އީމެއިލް އެޑްރެސް މެދުވެރިކޮށެވެ.
މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅޭނީ ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތާ ގުޅޭ ގޮތުންނެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ އެޕްރީލް 15 ވާ ހޮނިހިރު ދުވަހުއެވެ.