ތިލަފުށީ އެމްޕީއެލް ސަރަހައްދުގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ އެވެ.
އަލިފާނުގެ މި ހާދިސާ ހިނގައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައި ވަނީ މެންދުރު 12:45 ގަ އެވެ.
އެމްއެންޑީއެފުން ބުނީ ތިލަފުށީގައި ހުންނަ ސިފައިންގެ ފަޔަ ސްޓޭޝަނުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ ވަރަށް ބޮޑަށް ރޯވެ، ކަޅުދުން އަރަމުން އަންނަ ތަނެވެ.
ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު އަދި ނެތް ނަމަވެސް އިތުރު މައުލޫމާތު ލިބެމުން އަންނަ މިންވަރަކުން ހިއްސާކުރާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.