ސިޔާސީ މައިދާނުގެ ބޮޑު މަންޒަރު މަޑުމަޑުން ސާފުވަމުންދާ ކަމަށާއި އެކުގައި ކުރިއަށް ނުދެވުނު ކަމުގައިވީ ނަމަވެސް އެމްޑީޕީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޟް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނޭނގި ހުރި ކަންކަން މަޑުމަޑުން ސާފުވެ ސިޔާސީ މައިދާން ތައްޔާރުވެއްޖެ ކަމަށެވެ. އެކުގައި ކުރިއަށް ނުދެވުމުން ހިތާމަކުރައްވާ ކަމަށް ވެސް ފައްޔާޟް ވިދާޅުވިއެވެ. ކުރިއަށް އޮތީ ޝައުގުވެރި ދުވަސްތަކެއް ކަން ފާހަގަކުރައްވައި ފައްޔާޟް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީއަށް ދައުވަތު ދީފައިވަނިކޮށް އެ ޕާޓީން ނިންމީ އިންތިޚާބުގައި ވަކިން ވާދަކުރުމަށެވެ. އެމްއާރްއެމްއަށް ވެސް ދައުވަތު ދީފައިވާއިރު އެ ޕާޓީން އަދި ގޮތެއް ނިންމައިފައެއް ނުވެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުކުރަން އަދި ނިންމީ އަދާލަތު ޕާޓީންނާއި އެމްޑީއޭއިންނެވެ.