މިފަހަރު މިގެނެސްދެނީ ކެރަމަލް ފޮޅި ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
- 1 ދަޅު ގެރިކިރު
- 6 ކުކުޅުބިސް
- 1 މޭޒުމަތީ ސަމްސަ ގޮދަންފުއް
- ވެނީލާ އެސެންސް (ރަހަލާވަރަށް)
ތަައްޔާރުކުރާނެ ގޮތް:
ކެރިކިރު، ބިސް، ފުއް އަދި ރަހަލާ ވަރަށް އެސެންސް އެޅުމަށްފަހު ރަނގަޅަަށް ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. (ރަނގަޅަށް ގިރާލުމަށް މިކްސްޗާރ ބޭނުން ކުރެވިދާނެ) ދެން ތަވާއެއްގައި ކުޑަ ތެޔޮކޮޅެއް ނުވަތަ މާޖިރީން ކޮޅެއް ހޭކުމަށްފަހު އެއްކުރި ބައިން އެތިކޮޅެއް ތަވާއަށް އެޅުމަށްފަހު ސަމްސަލެއް ބޭނުންކޮއްގެން ކުޑަކޮށް ފަތުރާލާށެވެ. އެއަށްފަހު މަޑުމަޑުން ރޯލްސް ގޮތަށް އޮޅާލާށެވެ. މިގޮތަށް ހުރިހާއެއްޗެއްވެސް ރޯލްސް ގޮތަށް އޮޅާލާށެވެ. މިހާރު މިވަނީ ކެރަމަލް ފޮޅި ތައްޔާރުކޮށް ނިމިފައެވެ.