ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު އުރްފީ ޖާވިދުގެ ދިފާއުގައި ތެދުވުމާއި އެކު ފާޑު ކިޔުން އަމާޒު ވެއްޖެއެވެ.
ނިވާކަން ކުޑަ ހެދުން އެޅުމާއި އާއްމުން އެއްވެ އުޅޭ ތަންތާގައި އުރްފީ އުޅެމުންދާ ގޮތަށް އާއްމުން ފާޑު ކިޔަމުން ގެންދަނިކޮށް ކަރީނާ ކަހަލަ ތަރިއެއް މިކަމާއި އެއްކޮޅަށް އެރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އާއްމުން ވަނީ ހާމަކޮށްފައެވެ.
އެގޮތުން ކަރީނާ ހާމަކޮށްފައިވާ ގޮތުގައި އުރްފީ އަކީ ވަރަށް ކެރޭ މީހެއް ކަމަށާއި އޭނާގެ ހެދުން އެޅުމުގެ ސްޓައިލް އިން އޭނާގެ ކެރޭކަމާއި ހިތްވަރު ގަދަކަން ހާމަވާ ކަމަށެވެ. އަދި އާއްމުންގެ ފާޑު ކިޔުންތަކަށް ނުބަލާ ކުރިއަށް ދިއުމަށް ވެސް ކަރީނާ ވަނީ ހާމަކޮށްފައެވެ.
ނަމަވެސް ބޮލީވުޑްގެ ގިނަ ތަރިން އާއި އިންޑިއާގެ ސިޔާސީ ބައެއް ފަރާތް ތަކުންދަނީ އުރްފީގެ ސަަބަބުން ޒުވާނުން ހަލާކުވަމުންދާ ކަމަށާއި އުރްފީ ހައްޔަރު ކުރުމަށްވެސް ގޮވާލައިފައެވެ.