މެލޭޝިޔާގެ ބަޓިކް އެއާރގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ބަޓިކް އެއާރގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ މޭ މަހުގެ 12 ވަނަ ދުވަހުއެވެ. މި ދަތުރުތައް ރާއްޖެ ކުރަނީ މެލޭޝިޔާ އިން ސްރީލަންކާގެ ކޮލަމްބޯއަށް ޓްރާންސިޓް ކުރުމަށް ފަހު ރާއްޖެ އަންނަގޮތަށެވެ.
ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބަޓިކް އެއާރއިން އޮޕަރޭޓްކުރަނީ ބޮއިން 737 މެކްސް މަރުކާގެ ބޯޓެވެ.
2012 ވަނަ އަހަރު އުފައްދި ބަޓިކް އެއާރލައިންގެ ފުލީޓުގައި 73 ބޯޓުއޮވެއެވެ.