ހުކުރު, ޖޫން 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ރޯދަވެރިޔާގެ ދުޢާ އިޖާބަކުރެއްވުން އަވަސްވެގެންވޭ!

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
މާރޗް 30, 2023
ދީން
0
ރޯދަވެރިޔާގެ ދުޢާ އިޖާބަކުރެއްވުން އަވަސްވެގެންވޭ!

ފާފަތަކުގެ ސަބަބުން ދުއާ އިޖާބަކުރެއްވުން ލަސްވެގެންދާކަމަށްޓަކައި، ދުއާކުރާ ކޮންމެ މީހަކުމެ ދުއާ އިޖާބާކުރައްވުމުގެ ސަބަބުތަކުގައި ހިފައި، އޭނާގެ ނަފްސު ފާފައިން އެއްކިބާކޮށް ސަލާމަތްކުރަންޖެހެއެވެ.

ރޯދައަކީ ފާފަފުއްސެވުމުގެ ސަބަބެއް ކަމުގައި ވީހިނދު ރޯދަވެރިޔާގެ ދުއާ އިޖާބަކުރެއްވުން ވެސް އަވަސްވެގެންވެއެވެ.

އައްޞަޙީޙައިންގައި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

”مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ“ މާނައީ: ”އީމާންވެހުރެ ދަރުމައަށްއެދިގެން ރަމަޟާންމަހުގެ ރޯދަ ހިފައިފި މީހާގެ އިސްވެދިޔަހައި ފާފައެއް ފުއްސަވައިދެއްވާނެތެވެ.“

ރޯދައިގެ އަޅުކަމަކީ ދުޢާ އިޖާބަކުރެއްވުމުގެ ސަބަބުތަކުގެ ތެރެއިން ހިމެނޭ މަތިވެރި އަޅުކަމެކެވެ.

ޙަދީޘްފުޅެއްގައިވެއެވެ. ތިންމީހެއްގެ ދުއާ ރައްދުކުރެއްވިގެން ނުވެއެވެ– އޭގެ ތެރޭގައި ރޯދަވެރިޔާ ރޯދަވީއްލުމަށް ދާންދެން ކުރާ ދުއާ ހިމެނެއެވެ. (މި ޙަދީޘް ރިވާކުރެއްވީ އައްތިރުމިޛީ އިބްނު މާޖާ އިމާމު އަޙްމަދު އަދި އިބްނު ޚުޒައިމާއެވެ.)

ކޮންމެ އަޅުކަމެއް ނިމުމާ ވިދިގެން ދުއާ ކުރުމަކީ ޝަރުޢުވެގެންވާ ކަމެކެވެ. ނަމާދު ނިމިގެން ދުއާކުރުމާއި، ރޯދަވެރިޔާ ރޯދަވީއްލާހިނދު ދުއާކުރުމާއި، ޙައްޖުގެ މަނާސިކުތައް އަދާކުރުމާއެކު ދުއާކުރުމަކީ ސުންނަތުން ސާބިތުވާ ކަންކަމެވެ.

ރޯދަވެރިޔާގެ ދުއާ އިޖާބަ ކުރެއްވުމުގައިވާ ޙިކުމަތްތަކުގެ ތެރޭގައި؛

1- ރޯދަވެރިޔާ އެހުރީ ފަރުޟު އަޅުކަމެއްގެ ތެރޭގައެވެ. ފަރުޟު އަޅުކަމަކުން ﷲ އަށް ކުއްތަންވުމަކީ އެކަލާނގެ އެންމެ ލޯބިވެވޮޑިގެންވާ ގޮތެވެ. އަލްއިމާމުލް ބުޚާރީ ރިވާކުރައްވާފައިވާ ޤުދުސީ ޙަދީޘްފުޅެއްގައިވެއެވެ.

”وَمَا تَقَرَّبَ إِلَيَّ عَبْدِي بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُ عَلَيْهِ“ މާނައި: ”ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެއާ ކުއްތަންވުމަށް ކުރާ ކަންތައްތަކުގެ ތެރެއިން ތިމަންރަސްކަލާނގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ކަމަކީ އޭނާގެ މައްޗަށް ތިމަންރަސްކަލާނގެ ފަރުޟުކުރެއްވި ކަންކަމެވެ.“

2- މަސައްކަތެއް ކުރާ މީހާގެ ފުރިހަމަ އުޖޫރަ ދެވެނީ އޭނާގެ މަސައްކަތް ނިމުމުންނެވެ. އިރުއޮއްސުމުން ރޯދަވެރިޔާ ރޯދަވީއްލާހިނދު އޭނާގެ އެދުވަހުގެ ރޯދައިގެ އަޅުކަން ނިމުނީއެވެ. އެހެންކަމުން ރޯދަ ވީއްލާގަޑިއަކީ ދުއާ އިޖާބަކުރެއްވޭ ވަގުތެކެވެ.

3- ރޯދައިގެ ސަބަބުން ޝައިޠާނާގެ މަގުތައް ހަނިވެގެންދެއެވެ. އިންސާނާގެ ހަށިގަނޑުގައި ލޭހިނގާފަދައިން ޝައިޠާނާ އެހަށިގަނޑަށް ބާރުފޯރުވާކަމުގައި ރިވާވެގެންވެއެވެ. ވީމާ، ރޯދަވެރިޔާއަށް ޝައިޠާނާގެ ކިބައިން ލިބޭ ރައްކާތެރިކަން އިތުރުވެގެންވެއެވެ. އިޚްލާޞްތެރިކަން އިތުރުކޮށްދެއެވެ. ހަމައެޔާއެކު އޭނާގެ ދުއާ އިޖާބަވުންވެސް އަވަސްވެގެން ދެއެވެ.

އަލްއިމާމު އިބްނު ތައިމިއްޔާ ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ ދުއާ ކުރުމަށް އަމުރު ކުރައްވައި، ދުއާ ކުރާ މީހާއާ އެލާހު ކުއްތަންވެ ގާތްވެގެންވާކަމާއި، ދުއާކުރާ މީހާގެ ދުޢާ އިޖާބަކުރެއްވުމުގައި ވޮޑިގެންވާކަމަށް އަންގަވާފައެވެ. ދުއާ ކުރުމަށް ކުރެއްވި އަމުރާ ވިދިގެން 2 އަމުރެއް ކުރައްވާފައިވެއެވެ.

އެއީ

1- އެއިލާހު ކުރެއްވި އަމުރުފުޅުތަކަށް ކިޔަމަންގަނެ، އެއިލާހުގެ ޙަޟުރަތުން ވާގިހޯދަމަށެވެ.

2- އެއިލާހުގެ ރުބޫބިއްޔަތަށާއި އުލޫހިއްޔަތަށް އީމާންވެހުރެ ދުއާކުރުމެވެ. އެބަހީ؛ މީސްތަކުން ހައްދަވައި، އެބައިމީހުންގެ ހުރިހާ ކަމެއް ބަލަހަށްޓަވާ ފަރާތަކީ އެއިލާހުކަމާއި، އަދި އެއިލާހު ފިޔަވައި އަޅުކަން ޙައްޤުވެގެންވާ އެއްވެސް ފަރާތެއް ނުވާކަން ކަށަވަރުކޮށް އެއިލާހަށް އަޅުކަން ކުރުމެވެ.

ރޯދަވެރިޔާ އޭނާ ރޯދައަށް ހުންނަ ވަގުތުގައާއި، އޭނާ ރޯދަ ވީއްލާ ވަގުތު ދުއާ ކުރުންމަތީ ދެމެހުރެވޭތޯ މަސައްކަތް ކުރަންވާނެވެ. އަދި އެފަދަ މާތް ވަގުތުތަކެއް ބޭކާރުވެގެންދިޔަ ނުދީ އެވަގުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަންވާނެވެ. ޚުޝޫޢަތްތެރިކަމާއެކު ދުއާގެ މާނައަށްވިސްނައިގެން ދުއާކުރުމީ އެއްމެ މޮޅުއިރުވެގެންވާ ގޮތެވެ. އެންމެ މޮޅު އިތުރުވެގެންވަނީ ކީރިތި ޤުރްއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން ވާރިދުވެފައިވާ ދުއާތައް ކުރުމެވެ. އަދި ތިމާގެ އަމިއްލަ ބަހުން، ތިމާ ބޭނުން ކޮންމެ ކަމަކަށް އެދި ދުއާކުރުމަކީވެސް ޖާއިޒުކަމެކެވެ.

ދުއާ ކުރުމުގެ އަދަބުތަކުގެ ތެރޭގައި، މާތް ﷲއަށް އިޚުލާޞްތެރިވުމާއި، ދުއާ ކުރަން ފެށުމުގައި މާތް ﷲއަށް ޙަމްދުކޮށް، މާތް ނަބިއްޔާއަށް ޞަލަވާތްލެއްވުން އެދި ދުއާ ކުރުމާއި، ދުއާ އިޖާބަކުރައްވާނޭކަމުގެ ޔަޤީންކަން ހިތުތެރޭގައި އޮތުމާއި، ދުއާ އިޖާބަ ނުކުރެއްވި ލަސްވެގެން ނޫޅުމާއި، އެއްވެސް މީހަކަށް ބަދު ދުއާއެއް ނުކުރުން ހިމެނެއެވެ.

ރޯދަވެރިޔާ ދުއާކުރުން އެންމެ މޮޅުއިތުރުވެގެންވާ އެއް ވަގުތަކީ ރޯދަވީލާ ވަގުތެވެ. އެއީ ރޯދަ ވީއްލުމުގެ ކުރީން އޮންނަ ވަގުތާއި ރޯދަވީލާ ހިދެވެ. ރޯދަ ވީއްލާ ވަގުތު ކިޔުން ސުންނަތްވެގެންވާ ދުއާއެއްވެއެވެ. ޢަބްދު ﷲ ބުނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ރޯދަ ވީއްލަވާހިނދު މިދުއާ ކިޔުއްވައެވެ. 

«ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ» رواه أبو داود މާޏައީ: ”ކަރުހިއްކުން ފިލައިފިއެވެ. ނާރުތައް ތެމިއްޖެއެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ ރޯދައިގެ ދަރުމަ ސާބިތުވެއްޖެއެވެ.“

މިފަދަ މަތިވެރި މައްސަރަކާއި ބައްދަލުކުރެއްވުމުގެ ހެޔޮ ތައުފީޤު ދެއްވިކަމައްޓަކައި މާތް ﷲއަށް ޙަމްދުކުރާށެވެ. އަދި މި ރަނުގެ ފުރުޞަތު ނަގާ ނުލާށެވެ. ދުއާކުރުމާއި ހެޔޮ ޢަމަލުކުރުމުގައި ގަދައަޅައި މަސައްކަތް ކުރާށެވެ.

-މަޢުލޫމާތު ނަގާފައި ވަނީ އައްޝައިޚް ހަސަން މޫސާ ފިކުރީގެ ލިއުމަކުން-

ގުޅުންހުރި ލިޔުންތައް

ކުއްލި އާލާސްކަންފުޅެއްގައި ޝައިޚް މުޙައްމަދު އިބްރާހީމް ފަރުވާ ހޯއްދަވަނީ

ކުއްލި އާލާސްކަންފުޅެއްގައި ޝައިޚް މުޙައްމަދު އިބްރާހީމް ފަރުވާ ހޯއްދަވަނީ

މެއި 31, 2023
ޤާނޫނަކީ މަކުނުވާ ކަހަލަ އެއްޗެއް، ބޮޑެތި އެއްޗެހި ފޫވައްޓާލައިފައި ރައްކާވާނެ: ޝައިޚް ސަމީރު

”މިނިވަންކަން“ މި ނަމުގައި ހޮނިހިރު ދުވަހުގެރޭ ޚާއްސަ ދަރުހެއް ބާއްވަނީ

މެއި 23, 2023
ދުނިޔޭގެ ފުރަތަމަ 3ޑީ ޕްރިންޓެޑް މިސްކިތް ޑުބާއީގައިބިނާކުރަނީ

ދުނިޔޭގެ ފުރަތަމަ 3ޑީ ޕްރިންޓެޑް މިސްކިތް ޑުބާއީގައިބިނާކުރަނީ

މެއި 9, 2023
މެލޭޝިޔާގައި ބާއްވާ ބައިނަލްއަގުވާމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މެލޭޝިޔާގައި ބާއްވާ ބައިނަލްއަގުވާމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މެއި 8, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    0 shares
    Share 0 Tweet 0
  • އިންޑިޔާގެ ކޮޗިންއަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ޖައްސައިފި

    0 shares
    Share 0 Tweet 0
  • ނަޢީމާ މަރައިލުމަށް ބޭނުންކުރި ތޫނު ދެ ހަތިޔާރާއި އެކަން ކުރި މީހުން ލައިގެން ތިބި އަންނައުނު ހޯދައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In