މިއަދު މިގެނެސްދެނީ ބްރެޑް ބަޓާރ ޕުޑިން ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާތަކެތި:
- 12 ފޮތި ޕާން (ކައިރި ނެގުމަށްފަހު ޓްރޭންގަލްސް ގޮތަށް ފަޅާފައި)
- ބަޓާރ
- ފުލްކްރީމް މިލްކް (60 އެމްއެލް)
- 2 ބިސް
- 1 ސައިސަމްސާ ހަކުރު (މުގުރާފައި)
- 1/3 ޖޯޑު ހިކި މޭބިސކަދުރު (ބޭނުންނަމަ)
- 1/3 ޖޯޑު އަލްމަނޑް ( ކޮށާލާފައި)
- 2 ސައިސަމްސާ ލުނބޯ ތޮށި ( ގާނާފައި)
ތައްޔާރުކުރާނެގޮތް:
އެންމެ ފުރަތަމަ ތައްޓެއްގައި މިލްކް، ހަކުރު އަދި ބިސް ރަނގަޅަށް ގިރާލުމަށްފަހު ބަހައްޓާށެވެ. ދެން ޕާން ފޮތިތަކުގެ މަތީގައި ބަޓާރަ ހޭކުމަށަފަހު 6 ފޮތި ޓްރޭގައި އަތުރާލާށެވެ. ދެން އޭގެ މަށްޗަށް ހިކިމޭބިސްކަދުރުގެ އެއްބައި، 1 ސަމްސާ ލުނބޯ ތޮށި އަދި އަލްމަންޑް ކޮޅު އަޅާލާށެވެ. އެއަށްފަހު ބާކީހުރި ޕާންފޮތިތަށްވެސް މިގޮތަށް އަތުރާލާށެވެ. އަދި ހިކި މޭބިސކަދުރު، ލުނބޯތޮށި އަދި އަލްމަންޑްކޮޅު މަށްޗަށް އަޅާލާށެވެ. އެއަށްފަހު އެންމެ ފުރަތަމަ ތައްޔާރު ކުރި މިލްކްކޮޅު ޕާން ތަކުގެ މައްޗަށް އޮއްސާލާށެވެ. ދެން އަވަނުގައި 20 ނުވަތަ 30 މިނެޓް ވަނދެން ފިހެލާށެވެ.
މިހާރު މިވަނީ ބްރެޑް ބަޓާރ ޕުޑިން ތައްޔާރުކޮށް ނިމިފައެވެ.