ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބޮލީވުޑް ދޫކޮށް ހޮލީވުޑްއަށް ދިޔަ ސަބަބު އޭނާ ހާމަކޮށްފިއެވެ.
މިސް ވޯލްޑްގެ ތާޖު ހޯދާފައިވާ ބަތަލާ ހާމަކޮށްފައިވާ ގޮތުގައި އޭނާ ހޮލީވުޑްއަށް ގޮސްފައިވަނީ ބޮލީވުޑް އިން އޭނާ ބާކީ ކުރާކަން އޭނާއަށް ވިސްނެން ފެށުމުން ކަމަށެވެ.
އެގޮތުން އޭނާއަށް ހޮލީވުޑްގެ ލަވައަކުން ލިބުން ފުރުސަތުގެ ބޭނުން ކުރީ ބޮލީވުޑްއިން ބޭރަށް އެދުވަސް ކޮޅު އޭނާ ދާން ބޭނުން ވުމުން ކަމަށް ވެސް ބަތަލާ ވަނީ ހާމަކޮށްފައެވެ. އޭނާއަށް ފިލްމުތަށް ދިނުން ހުއްޓާލައި އޭނާ އެއްފަރާތް ކޮށްފައި ބޮލީވުޑްގައި ބެހެއްޓި ކަމަށް ވެސް ޕްރިޔަންކާ ވަނީ ހާމަކޮށްފައެވެ.
ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ކައިވެނި ކޮށްގެން އުޅޭ ބަތަލާ އަކީ ހޮލީވުޑްގައި ވެސް ކުރިއަރަމުން އަންނަ ފަންނާނެކެވެ.