ހޮލީވުޑްގެ މަޝްޙޫރު ލަވަ ކިޔުންތެރިޔާ ޖަސްޓިން ބީބާ މިޔުޒުކާއި ދުރަށް ދާން އުޅޭ ކަމަށް މީޑިއާ ތަކުން ހާމަކޮށްފިއެވެ.
”ހޮލީވުޑްއަންލޮކްޑް“ ގެ ރަސްމީ އިންސްޓަރގްރާމް އެކައުންޓުން ހާމަކޮށްފައިވާ ގޮތުގައި ބީބާ މިޔުޒިކާއި ދުރަށްދާން އުޅޭ ކަމުގެ މައުލޫމާތު ބީބާގެ އެކުވެރިއެއްގެ ފަރާތުން މީޑިއާއަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން މި ނިންމުން ބީބާ ނިންމާފައިވަނީ މި ފަހުން ބީބާގެ ސިއްހީ ހާލަތު ގޯސްވުމާއި ގުޅިގެން ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. މި ފަހުން ބީބާގެ މޫނުގެ އެއްފަޅި ޕެރެލައިޒްވެ އޭނާގެ ޓުއާ ވެސް ވަނީ 3 ފަހަރު މަތިން ކެންސަލް ވެސް ކޮށްފައެވެ.
މީޑީއާ ތަކުން މިގޮތަށް ހާމަކުރި ނަމަވެސް މި ވާހަކަ އަދި ރަސްމީކޮށް ބީބާ ހާމަކޮށްފައެއް ނުވެއެވެ.