އުމުރުން 80 އަހަރުގެ އަންހެނަކު އޭނާގެ ހަޔާތުގައި 203 ޔުނިޓް ލޭ ހަދިޔާކޮށް، ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފިއެވެ.
ކެނެޑާ އާއިލާއެއްގެ ޖޯސެފިން މިޗަލިކް ކިޔާ އަންހެން މީހާ 203 ޔުނިޓް ލޭ ހަދިޔާކޮށްފައި ވަނީ އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ.
ގިނިސް ވޯލްޑް ރެކޯޑްސްގައި ވާގޮތުން ލޭގެ ޔުނިޓަކަށް ކިޔަނީ ލޭފުޅިއެވެ. އަދި ލޭ ފުޅިއެއްގައި 473 މިލިލީޓަރު ލޭ ހުރެއެވެ.
ގިނިސް ވޯލްޑް ރެކޯޑްސްއިން ދައްކާ ގޮތުގައި ޖޯސެފިން މިޗަލިކް ލޭ ހަދިޔާ ކުރަމުން އަންނަތާ 60 އަހަރު ވެއްޖެއެވެ. އޭނާގެ ލޭގެ ގްރޫޕަކީ o+ އެވެ. އެއީ ގިނަ ހޮސްޕިޓަލްތަކުން ވަރަށް ބޮޑަށް ބޭނުންވެގެން އުޅޭ ގްރޫޕެއްގެ ލެއެވެ.
އެމެރިކާގެ ރެޑްކްރޮސް އިން ބުނާ ގޮތުގައި އެމެރިކާގެ އާބާދީގެ %37 މީހުންގެ ހަށިގަނޑުގައި ހުންނަނީo+ ގްރޫޕް ލެއެވެ.
މީގެ ކުރިން ލޭ ހަދިޔާ ކުރުމުގެ ދުނިޔޭގެ ރެކޯޑް ގާއިމުކޮށްފައި ވަނީ 117 ފަހަރު ލޭ ހަދިޔާކޮށްގެން އިންޑިއާގެ ރައްޔިތެއް ކަމުގައިވާ މަދޫރާ އަޝޯކް ކުމާރު އެވެ.