ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙަައްމަދު ޞާލިހު މިހާރު ނައްޓަވަމުން އެގެންދަނީ ވެރިކަން ހިމާޔަތްކުރުމަށްޓަކައި ވިއްދާފައިވާ ލަންކަނިތައްކަމަށް މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛް މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒު މަޤާމުން ވަކިކުރެއްވި ހާދިޘާއަށް ރިއާޔަތްކޮށް ނިޝާން ވިދާޅުވީ، މިސަރުކާރު ވެރިކަމަށް ގެންނަން އެންމެ ބުރަކޮށް މަސައްކަތްކޮށް އަދި ވެރިކަން މިއަދާއިހަމައަށް ނެގެހެއްޓުމަށް ބުރަކޮށް މަސައްކަތްކުރި މީހުން ފެއަށް ޖަައްސާކަމުގައިވާނަމަ ވެރިކަން ބަލިކަށިވާނެކަމަށެވެ.
ރައީސްގެ ވިސްނުންފުޅު ހުރީކަންނޭގެ އިމްރާނު ލައިގެން މިކަން ވާނެކަމަށް، އެހެން އެކަން ނުވާނެކަން ފާހަގަކުރަމުން ނިޝާން ވިދާޅުވީ، އިމްރާނުއަކީ މިރާއްޖޭގެ އެކަކުވެސް ބަލައިގަންނަ މީހެއްނޫންކަމަށާއި، އަދާލަތަކީ ހާހެއްހާ ވޯޓްކަމަށެވެ.
ވެރިކަން ހިމާޔަތްކުރަން ޖަހާފައިވާ ލަންކަނިތައް މިހާރު ރައީސް އެނައްޓަވަނީ، އެވަނީ ބަލިކަށި، ވަރަށް ދެރަކަމެއް މިހާރު އެހިނގަނީ އިގޭތޯ! ނިޝާން ވިދާޅުވިއެވެ. ރައީސް ޞާލިހުއާއިއެކު އޮތީ ޑީއާރޕީ ފެކްޝަނާއި އަދާލަތު އެކަނިކަން ފާހަގަކުރަމުން ނިޝާން ވިދާޅުވީ، ޑީއާރޕީ ފެކްޝަނަކީ އަބަދުވެސް ކުރިއަށް ހިސާބުޖަހާ ބައެއްކަން ރައީސް ދެނެލައްވަންވާނެކަމަށާއި،
ރައީސް އެކަނިވާ ވަގުތު ދޫކޮށްލާފަައި ދާނެކަން ކަށަވަރުވާ ބަޔަކާއި މެދު ރަައީސް ވިސްނަންވާނެކަމަށެވެ. ޑީއާރޕީ ފެކްޝަނުގެ މީހުންނަކީ ރައީސް މައުމޫން އެހިސާބަށް ގެނެސްދިން ބައެއް އިގޭތޯ! ރ.މައުމޫންގެ މޫނުފުޅަށް ތަފާޔެއް ޖަހާފައިގޮސް މާދުރުގައި ހުރި ރައީސް ޞާލިހުއަށް އެމީހުން ވަފާތެރިވާނެކަމަށް ޤަބޫލުކުރާކަށް ނުވާނެކަމަށް ނިޝާން ވިދާޅުވިއެވެ.