ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީންގެ މި އަހަރުގެ އުފަން ދުވަސް ފާހަގަ ކުރަން މިރޭ މާލޭގައި ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، މިރޭ ދަންވަރު 12 ޖަހާއިރު ހަވާ އަރުވާނީ އުސްފަސްގަނޑާ ދިމާލުން ބޭރު ކަނޑުގެ ސަރަހައްދުގައި ކަމަށެވެ. ހަވާ އަރުވާނީ ސިފައިން ބުނިގޮތުގައި ހަ މިނިޓަށެވެ.
”މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިޔަށް ގެންދާ ހަރަކާތެކެެވެ،“ އެމްއެންޑީއެފުން ކުރި ޓުވީޓެއްގައި ވެ އެވެ.
ދިވެހިންގެ ބޭނުމަކަށް ނަމަ ހަވާއަރުވައި ދެނީ ކޮންމެ މިނިޓަކަށް 600 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ. އާންމުކޮށް ހަވާ އަރުވަން ކޮންމެ މިނިޓަކަށް 800 ޑޮލަރު ހޭދަކުރެ އެވެ.
ކައިގެ އުފަން ދުވަސް މިދިޔަ އަހަރު ފާހަގަ ކުރީ އިންޑިއާގެ ތާޖް މަހަލްގައެވެ.
މިދުނިޔޭން ލިބެން ހުރިހުރިހާ އުފަލެއް ހޯދާ މާދަމާ ފަސްގަނޑުދަށައް ދިޔާމާ ތިރީތިކަމެއްވެސް ތިގިނަ ފައިސާއަކުންވެސް ކުރާނެ ފައިދާއެއްނޮއޮންނާނެ ފެންނަންއޮންނާނީ މިދުނިޔޭގައި ކުރިޢަމަލެއް އެއީ ހެޔޮވިޔަސް ނުބައިވިޔަސް މާތްﷲ ކައިލީންއަށް މަރުވުމުގެ ކުރީން ހެޔޮވިސްނުންދެއްވަށި امين