އެއް ގޮތަކަށް ވެސް ކަންބޮޑުވެވަޑައިނުގަތުމަށާއި މުސްތަގުބަލު އޮތީ އުޖާލާކޮށް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒަށް ހިތްވަރު ދެއްވައިފިއެވެ.
ނަޝީދު މިހެން ވިދާޅުވީ ރައީސް އޮފީހުގެ މިނިސްޓަރުގެ ޝިފާޒް (ޝިއްޕެ) މިއަދު ވަކިކުރެއްވުމުން އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ނަޝީދު ވިދާޅުވީ ޝިފާޒަށްވުރެ ބޮޑަށް މި ސަރުކާރު ގެނައުމަށް ގުރުބާންވި ވަކި އެހެން މީހެއް ނުހުންނާނެ ކަމަށެވެ.
”އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް އެއް ގޮތަކަށް ވެސް ކަންބޮޑުވެ ނުލައްވާތި.“
ނަޝީދު އިތުރަށް ވިދާޅުވީ މުސްތަގުބަލު އޮތީ އުޖާލާކޮށް ކަމަށެވެ.