ބޮލީވުޑްގެ ބަތަލް ޝާހިދު ކަޕޫރި ފެނިގެންދާ ވެބް ސީރީޒް ކަމަށްވާ ”ފަރްޒީ“ އަށް އިންޑިއާގައި އަންނަނީ ހޫނު ތަރުހީބެއް ލިބެމުންނެވެ.
ވިޖޭ ސެތުޕަތީ އާއި އެކު ޝާހިދު ފެންނަ މި ސީރީޒް ވަނީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި 37 މިލިއަން އަށް ވުރެ ގިނަ މީހުން ބަލައިފާ ކަމަށް ވެސް މީޑިއާ ތަކުން ވަނީ ހާމަ ކޮށްފައެވެ.
އެގޮތުން ދަ ފެމިލީ މޭން“ އުފައްދާ ”ރާޖްއެންޑްޑީކޭ“ އިން ޑައިރެކްޓް ކޮށްފައިވާ މި ސީރީޒްއަށް މިހާތަނަށް އެންމެ ގިނަ މީހުން ބެލި އިންޑިއާގެ ވެބް ސީރީޒްގެ ތާރީހީ ރެކޯޑް ވެސް ވަނީ ލިބިފައެވެ. އެގޮތުން ޝާހިދު ވަނީ އޭނާގެ އިންސްޓަރގްރާމް އެކައުންޓު މެދުވެރިކޮށް ފިލްމުގެ ޕޯސްޓަރަކާއި އެކު ބެލުންތެރިންއަށް ޝުކުރު ވެސް އަދާ ކޮށްފައެވެ.
އަށް އެޕިސޯޑަކަަށް ހިމެނޭހެން ފެބްރުއަރީ 10 ގައި ނެރުން މި ސީރީޒްގެ ދެވަނަ ބައި އަންނާނެ ކަމަށް ވެސް ފިލްމުގެ ޓީމުން ވަނީ ހާމަކޮށްފައެވެ.