ބޮލީވުޑްގެ ބަތަލް ސަލްމާން ޙާން އަށް އަނެއްކާވެސް މީހަކު މަރުގެ އިންޒާރު ދީފައިވާ ކަމަށް މީޑިއާ ތަކުން ހާމަކޮށްފިއެވެ.
ސަލްމާން ޙާންއަކީ އެކި ފަހަރު މަތިން މަރުގެ އިންޒާރުތައް ކުރިމަތިވެފައިވާ ފަރާތެކެވެ. އެގޮތުން މި އަހަރު ތެރޭގައިވެސް އޭނާއަށް 6 ފަރާތަކުން މަރުގެ އިންޒާރު ދީފައިވާ ކަމަށް ފުލުހުންނާއި ހަވާލާދީ މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.
މި ފަހަރު ސަލްމާން އަށް އިންޒާރު ދީފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށާއި މި ފަހަރު އިންޒާރު ދީފައިވަނި އިންޑިއާގެ މަޝްހޫރު ރެޕް ލަވަކުއިންތެރިއާ މަރައިލި ގުންޑާ ބިޝޯނީ އާ ގުޅުން އޮންނަ ބައެއްކަމަށް ވެސް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން ސަލްމާން އަށް ދެމުން ގެންދާ ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފައި ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ހާމަކޮށްފައެވެ.