މިއަދު މިގެނެސްދެނީ ފުށްޖެހި ކަޓްލަސް ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
6 އަލުވި (ފެނުކައްކާފައި)
1 މަސް ދަޅު
1 ފިޔާ (ކުދިކޮށް ކޮށާފައި)
ހިކަނދިފަތް (ކުދިކޮށް ކޮށާފައި)
ލޮނު (ރަހަލާވަރަށް)
އަސޭމިރުސް (ރަހަލާވަރަށް)
1 ރޯ މިރުސް (ކުދިކޮށް ކޮށާފައި)
1/2 ޖޯޑު ފުއް
1/2 ސައިސަމްސާ ރީދޫ
ފެން
ތައްޔާރުކުރާނެގޮތް:
ފުށްޖެހި ކަޓްލަސް ތައްޔާރުކުރުމަށްޓަކައި އެންމެ ފުރަތަމަ ފިޔާ، ހިކަނދިފަތް، މިރުސް، ލޮނު އަދި އަސޭމިރުސް ތައްޓެއްގެ ތެރޭގައި ރަނގަޅަށް މޮޑެލާށެވެ. ދެން އޭގެތެރެއަށް މަސްދަޅު އެޅުމަށްފަހު އެއްކޮއްލާށެވެ. އެއަށްފަހު މަޑުކޮއްފައި ހުރި އަލުވިކޮޅު އަޅާ ހުރިހާއެއްޗެއް އެއްކޮށް ރަނގަޅަށް މޮޑެލާށެވެ. ރަނގަޅަށް މޮޑެވުމުން ވަށްކޮއް ގުޅަތަކެއްގެ ބައްޓަމަށް ހުރިހާ އެއްޗެއް ހަދާށެވެ.
ދެން ފުށުގެ ތެރެއަށް ކުޑަ ލޮނުކޮޅަކާއި އަސޭމިރުސް އަދި ރީނދޫ ކޮޅު އެޅުމަށްފަހު ފެން އަޅައިގެން ގިރާލާށެވެ. އެއަށްފަހު ތައްޔާރުކުރި ގުޅަތަށް ފުށުގައި ހޭކުމަށްފަހު ތެލުލާށެވެ.
މިހާރު މިވަނީ ފުށްޖެހި ކަޓްލަސް ތައްޔާރުކޮށް ނިމިފައެވެ.