ހުކުރު, ޖޫން 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ވާހަކަ: މުސްކާން – ސައުވީސް ވަނަ ބައި

ނިރު، ޝާމް ލިޔުނީ: ނިރު، ޝާމް
މާރޗް 28, 2023
ވާހަކަ
1
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ސައުވީސް ވަނަ ބައި

”ހައި، މަ މިހިރީ އައިހޭ!“ ލޯތްބާ އުފާވެރިކަން އެއަޑުގައި ވިއެވެ. މުސްކާންއަށް ނޭނގުނީ އެ މޫނުން ފާޅުވި ލަދުވެތިކަމާ އުފާވެރިކަން އެކުވުމުން އުފެދުނު އެ ސިހުރެއްފަދަ ކުލަވަރަށް ގެއްލިަފއި ރިހާން އިންކަމެވެ.

”އަސްލު ވެސް ތީހަމަ މުސްކާން ތަ!“ ރިހާން ވެސް ލާނެއް ވެލިއެވެ. އައިންތު ކޮޓަރިން ނިކުމެގެން އައީ އެވަގުތު އެވެ.

”ދައްތާ، ހައިދަރު އަންނަނީ ކޮން އިރަކުންތަ! އަދި ވެސް ކޯސް ނުނިމެނީތަ!“ ހައިދަރާ މެދު މުސްކާން މި ފާޅުކުރި ޝައުގަކުން ރިހާންގެ ހިތުގައި ޖެހުނެވެ. ބޭބެގެ ކޯސް ނިންމާފަ ބޭބެ ރާއްޖެ އައިތޯ މުސްކާން އަހަންވީ ކީއްކުރަންހެއްޔެވެ! އެހެން ހިތަށް އެރުމުން ރިހާންގެ ހިތުގައި ހިނގައިލީ ވަރުގަދަ ޚިޔާލެކެވެ. މިއީ ރަނގަޅު ވަގުތެކެވެ. އެ ވަގުތު ޖެހުމުން ރިހާން އެ ވާހަކަަ ދައްކާނީއެވެ.

”މިހާރު ފްލައިޓް ޖައްސާނެ! އެހެންވީމަ އަދި ދޮޅުގަޑިއެއްހާ އިރުން ގެއަށް އާދެވޭަ ވަރުވާނެނު!“ މަންމަ ހުރީ ބޭބެ އަންނާތީ އާދަޔާ ޚިލާފަށް އުފާވެފައިކަން ރިހާންއަށް އެނގުނެވެ. އެހެންވެ ރިހާންގެ ހިތުގައި ރިއްސައިލިއެވެ. ބޭބެ ފެނުމުން އަނެއްކާ މުސްކާން ބަދަލު ނުވާނެހެއްޔެވެ! މިހާރުވެސް ބޭބެ އެއްފަހަރު ޓްރައި ކޮށްފިއެވެ. މިހާރު ބޭބެ ވާނީ ކިޔަވައިގެން ހުރި މޮޅު މީހަކަށެވެ. އޭނާއާ ބޭބެ އާދެމެދު މިހާރު ތައުލީމީ ގޮތުން ވެސް ހާސް ފަރަގު އެބަހުއްޓެވެ. ފުރިހަމަ ސިއްޙަތެކެވެ. ހިތަށް އައި ޚިޔާލު ތަކަކުން ރިހާންގެ ހިތުގައި ރިއްސައިލިއެވެ. ނޫނެކެވެ. މުސްކާން އެހެނެއް ނަހަދާނެއެވެ. މުސްކާން އެއީ ހަމަ އެކަނި އޭނަގެ ހައްގެކެވެ.

އައިންތު މުސްކާންއަށް ގެނައި އަތުގަ އަޅާ ކެވެލިކޮޅު މުސްކާންގެ އަތުގައި އަޅުވައިލަދިނީ ލޯތްބާއެކުގައެވެ. އެއަށްފަހު ރީތިތޯ އަހައިލިއެވެ. މުސްކާން އެ ސުވާލުގެ ޖަވާބު ދޭހިތްވީ ރިހާން ގާތު އަހާފައެވެ. އެކަމަކު އެހެނެއްނުވިއެވެ. މަންމައަށް ނޭނގުނީ އެ ކެވެލިކޮޅު ރަޝީދުބެ ގަތީ ޚުދު ރިހާންއަށް ރީތި ވެގެން ކަމެވެ. އެއީ ފުރި ދުވަހުގެ ކުރީ ދުވަހެވެ. ގަނެގެން ގެނައުމުން މަންމައަށް ވެސް ކެވެލިކޮޅު ވަރަށް ކަމުދިޔައެވެ. ރިހާން އެތެރެއެތެރެއިން ހީނލިއެވެ. މުސްކާން ކެވެލިކޮޅަށް އެއްފަހަރު އަނެއްފަހަރު ރިހާންއަށް ބަލަން ހުރުމަށްފަހު އައިންތުއަށް ޝުކުރު އަދާކުރިއެވެ. އަދި ހަމަ ހަގީގަތުގައި ވެސް މުސްކާންއަށް އޭތިކޮޅު ވަރަށް ރީއްޗޭ ވަރަށް ކަމު ގޮސްފިއޭ ބުންޏެވެ.

ކޮޓަރިއަށް ވަދެ ފެންވަރައިގެން މަންމަ ނަޒީރާއްތައަށް ދިން ހަދިޔާއެއް އެބައޮތޭ ބުނެ މުސްކާން ނިކުތީ ބޭރަށެވެ. އައިންތު ހުރީ އެގެއަށް މުސްކާން ދާތީ ހިތްހަމަ ނުޖެހިފައެވެ. މުސްކާން ބުނީ ކުރިއަށްވުރެން ވެސް މިހާރު މުސްކާންގެ ލޯހުޅުވިފައިވާ ކަމަށެވެ.  އެކަން އައިންތު ވެސް ގަބޫލުކުރިއެވެ. ހަގީގަތަކީ ހައިދަރު ގެއަށް އަންނަ އިރު މުސްކާން ގޭގައި ހުންނަން ބޭނުން ނުވުމެވެ. ހައިދަރު އޮސްޓްރޭލިއާގައި ހުރެވެސް އެތައް ދުވަހަކު މުސްކާންއަށް މެސެޖް ކުރިއެވެ. އެއިން އެއްވެސް މެސެޖަކަށް މުސްކާން ޖަވާބެއް ނުދެއެވެ. އަދި އެންމެ ފަހުން ހައިދަރުގެ ނަމްބަރ ބްލޮކް ކޮށްލީއެވެ.

މުސްކާން ގެއަށް އައީ އެގޭ މީހުން ކައި ނިމޭހާއިރު ކޮށްފައެވެ. އައީ ވެސް ބޭރުން ކައިގެންނެވެ. އައިންތު ކާން ގޮވާ ގޮވާ ކާން ނުނިކުމެ ރިހާން މަޑުކުރީ މުސްކާން އަންނަން ދެނެވެ. އެންމެ ފަހުން ނުވައެއް ޖެހިފަހުން މުސްކާން ގެއަށް އައިއިރު އައިންތު ކިޔާ ވަރުން އެންމެން ތިބީ ކާން އަރައެވެ. އެ ހިސާބުން އައިންތު ކާން އަންނަން ބުނުމުން މުސްކާންއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ.

ހައިދަރު ބަލައިލީ މުސްކާންގެ ބޮލުން ފެށިގެން ފަޔަށެވެ. އެއީ ދަހިވެތި ބެލުމެކެވެ. އެތަން އެންމެ ރަނގަޅަށް ފެނުނު މީހަކީ ރިހާން އެވެ. މުސްކާން އެތަން ފެނުނު ކަމަކަށް ނެހެދިއެވެ.

މުސްކާން ގޮނޑީގައި އިށީނދެ ތައްޓަށް އެޅީ އައިންތު ހަދާފައިވާ ފޮނި ކާއެތިން އެތިކޮޅެކެވެ. އަދި އައީ ބޭރުން ކައިގެންކަމަށް ބުންޏެވެ. އެ އަޑު އިވުނު ކަމަށް ނަހަދާ ވާހަކަ ދައްކާން ފެށީ ރިހާން އެވެ.

”މަންމާ، އަހަރެން ބޭނުން ވާހަކައެއް ބުނަން!“ ރިހާންގެ އަޑު އިވުމުން މުސްކާންގެ މުޅި ހަށިގަނޑު ފިނިވެގެން އައެވެ. އެވަގުތު ދެލޯ ސަލާމަތުން ހުރިނަމަ ކޮންމެވެސް ހަރަކާތެއް ކޮށްގެން ވެސް ރިހާންގެ  އެވާހަކަ މުސްކާން ހުއްޓުވީހެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ! މަޑުން އިނުން ނޫންގޮތެއް ނެތެވެ.

”ކޮން ވާހަކައެއް!.. މީހަކާ އިންނަންވީތަ!“ ހައިދަރުގެ އަޑުގައިވަނީ ޖެއްސުމެވެ.

”ދަރިފުޅު!“ ޅަވިއަންޏަށް ދަމާލަމުން އައިންތު ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ.

”ނޫނޭ! އަދި އިންނާކަށް ނޫން! ކުޑައިރު އިންނަން ހަމަ ޖެއްސި މީހާ އަދިވެސް ހުރީ އަހަންނާ އިންނަގޮތަށްތޯ ބަލަން ބޭނުންވާތީ!“ ހައިދަރު ކުރި މަލާމަތް އެއްޗަކަށް ނަހަދާ ރިހާން އެދޭގޮތް ސާފުކޮށް ބުނެ ނިންމައިލިއެވެ.

”ދަރިފުޅު ކޮންކަހަލަ ވާހަކައެއް ފެށި ރެއެއް!“ އައިންތުވެސް އެ ވާހަކަ ދައްކަން ބޭނުން ނުވާކަހަލަ އެވެ.

މުސްކާން އިނީ ވާނުވާ ނޭނގިއެވެ. ހީކުރި ގޮތާ ޚިލާފަށް ރިހާން އެ ދައްކަނީ އޭނައާ ރިހާންގެ ކައިވެނީގެ ވާހަކައެއް ނޫނެވެ.

”މިކަން އޮތްގޮތެއް އެނގެން އަހަރެން ބޭނުން! މީ އަހަރެން ވަރަށް ސީރިއަސްކޮށް ދައްކާ ވާހަކައެއް! އޭރާ މިހާރާ ހާލަތު ނުލާހިކު ތަފާތު ނު!“ ރިހާންގެ އަޑުން އެކަނި ވެސް އައިންތަށް ވެސް ރިހާން ސީރިއަސް ވަރު އެނގުނެވެ.

”މަންމަ ކުޑާއްތަ ގާތު އަހާނަން!“ އައިންތު އެންމެ ފަހުން ބޮލުން ފަސޭހަކޮށްލަން ބޭނުންވެގެން ބުންޏެވެ.

”އުހުނ! ތި ގޮތެއް ކަމަކު ނުދާނެ! އަހަރެން ބޭނުން ހަމަ މިހާރު މިވާހަކަ ކުޑާއްތަ ކައިރީ އަހާ އޮޅުން ފިލުވަން!“ އައިންތު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރިހާންއަށް މި އައި ބަދަލުފެނުމުން ހައިރާންވެ ކޮސްވެފައެވެ.

އެންމެ ފަހުން ރިހާން ދޫނުކުރުމުން އައިންތު އަތް ދޮވެލައިގެން އައިސް ގުޅީ އޭނަގެ ކޮއްކޮއަށެވެ. ނަސީބަކުން ވަރަށް ފަސޭހައިން މަރީ ފޯނު ނަގައިފިއެވެ.

”ހަލޯ! މަރީ، މި ގުޅީ….. “ އައިންތަކަށް އެ ވާހަކަ ދައްކާކަށް ފަސޭހައެއް ނުވިއެވެ. އެތަން ބަލަން ހަމަޖެހިލައިގެން އިން ހައިދަރު އޭނަގެ މަންމަ އަތުން ފޯނު އަތުލިއެވެ. ނޫނެކެވެ. އަތުލީކީ ނޫނެވެ. ޖަހައިގަތީއެވެ.

”ހަލޯ ކުޑާއްތާ! މީ މަށޭ ހައިދަރު!“ ހައިދަރުގެ އަޑު އިވުމުން މަރީ އުފަލުން ކޮޅެއްނެތެވެ. ހައިދަރު އައި ގަޑިއަކާ ހާލުއަހުވާލާ އަހަން ފެށުމުން އެ ވާހަކަ ހުއްޓުވާފައި ހައިދަރު ބުނީ މި ގުޅީ އެ ވާހަކައަށްވުރެ މާ މުހިންމު ވާހަކައެއް ދައްކަން ކަމަށެވެ.

”ކުޑާއްތާ! ރިހާން އެބަ އަހައޭ އެއްޗެކޭ!“ ލާނެއްގޮތަކަށް ހީނލައިގެން އިނދެ ހައިދަރު ބުންޏެވެ.

”ކީކޭ!“ މަރީ ވެސް ހެމުން ހެމުން ސުވާލުކުރިއެވެ.

”ރިހާން އަހަނީ ކުޑައިރު ނިންމި ގޮތަށްހޭ އަދިވެސް ތިމަންނައާ އައިނާގެ ކައިވެނި އޮތީ!“ ހައިދަރުގެ އަޑު އިވުމުން ޔަގީނުން ވެސް މަރީއަށް އެއަށް ޖަވާބެއް ދޭން ވަރަށް އުދަނގޫވިއެވެ. އެހެންވެ އެއްޗެކޭ ނުބުނެވި އިރުކޮޅެއް ދިޔައެވެ. އަދި ފަހުން މަންމައާ ވާހަކަ ދައްކާފަ ޖަވާބެއް ދޭނަމޭ ބުންޏެވެ. އެއަޑު އިވުމުން ޖަވާބު ބޭނުންވަނީ މިހާރު ކަމަށް ރިހާން ބުންޏެވެ.

”ދަރިފުޅާ! ކީއްތަވެގެން ތި އުޅެނީ! ދަރިފުޅު…!“ އައިންތުއަށް ވާހަކަ ފުރިހަމަ ކުރާކަށް ރިހާން ވަގުތެއް ނުދިނެވެ.

”ނޫނޭ މަންމާ! ހަމަ ތެދެއް، ކުޑާއްތަ ކޮންމެ ގޮތަކަށް މިކަން ނިންމިއަސް އަހަރެންގެ އެއް ވެސް މައްސަލައެއް ނެތް! ޝަކުވާއެއް ވެސްނެތް! އައިނާ އަހަރެން ދެކެ ލޯބިވީ އަހަރެންގެ ދެލޯ ސަލާމަތުން ހުރިއިރު. މިހާރު އައިނާގެ ޚިޔާލު ބަދަލުވެއްޖެ! އެ ވާހަކަ ސީދާ އައިނާ އަހަރެން ގާތު ބުނި! އެހެންވީމަ މިހެން އަހަރެން ކަންތައް ކުރަން ޖެހުނީ!“ ރިހާންގެ ވާހަކަ އަޑު އަހަމުން ދިޔައިރު އައިންތު އިނީ އިސްދަށަށް ޖަހާލައިގެންނެވެ. މުސްކާން އިނީ ތަނުގައި ދެކެވޭ ވާހަކައިގެ ގޮތުން ވާނުވާ އޮޅުން ފިލާން ނުހަނު ބޭނުންވެފައެވެ.

ތެދެކެވެ. އައިނާގެ ޚިޔާލު ބަދަލުވެއްޖެއެވެ. މީގެ އެތައް ދުވަހެއް ކުރިންނެވެ. އެންމެ ފަހުން އައިނާ ރާއްޖެ އައި ފަހަރު އެވާހަކަ ސީދާ މަރީއާ ވެސް ހިއްސާކުރިއެވެ. އައިނާއާ އެކު ކިޔަވަމުންދާ ކުއްޖަކާ އިންނަން ބޭނުން ވާހަކައެވެ. މަރީ ވެސް އެއަކަށް ދެކޮޅެއް ނަހަދައެވެ. ލޮލަށް ނުފެންނަ މީހެއްގެ ދަނޑިގަނޑަށް ވެގެން އައިނާއަކަށް ވެސް ނޫޅެވޭނެއެވެ. އެހެންނަމަވެސް އެ ވާހަކަ އައިންތު ގާތު ވެސް އަދި އެހެން މީހެއްގެ ގާތުގައި ވެސް މަރީއެއް ނުބުނެއެވެ. މަރީ ނުބުންޏަސް އައިނާ ފުރައިގެން ދިއައީ އެވާހަކަ ކޮންމެވެސް އެއް މޭރުމަކުން ރިހާންއާ ހިއްސާކޮށްފައެވެ.

”ރިހާން އެބުނީ ރަނގަޅަށް! އައިނާ އުޅެނީ އެހެންކުއްޖަކާ ރައްޓެހިވެގެން. އެކަމުގައި ކުޑާއްތަ ކުރާނެ އެއް ވެސް ކަމެއް ނެތް! ކުޑާއްތައަކަށް އައިނާއަށް މަޖުބޫރެއް ނުކުރެވޭނެ!“ މަރީ ވާހަކަ ދެއްކީ ވަރަށް ލަދުން ނުކެރި ހުރެއެވެ.

އެ ހިސާބުން އެ ފޯން ކޯލް ނިމުނީއެވެ. އަދި ބަޔަކު މާކުރިން ނިންމާފައި އޮތް ނިންމުމެއްގައި ސިލް ޖެހުނީއެވެ. އެއީ އެދެފަރާތަށް ވެސް އޮތް އެންމެ ރަނގަޅު ނިންމުމެވެ.

”މަންމާ! މިރޭ އަހަރެން ވަރަށް އުފާވެއްޖެ! މަންމަގެ ނިންމުމަށް އަހަރެން ނުރުހުނު އިރުވެސް އޭރު އެކަމާ އަހަންނަށް އެއްބަސްވެވުނީތީ. އެއީ މަންމަގެ ހައްޤުގައި. މަންމަގެ ކުރިމަތީ ނޫނެކޭ ނުބުނަން ވެގެން. އެކަމަކު ދެން …… ދެން އަހަރެންގެ ދިރިއުޅުމަށް މީހަކު ގެނައުމާ ގެންނާނެ މީހަކު ނިންމުން އެއީ އަހަރެންގެ އަމިއްލަ އިޚުތިޔާރުގައި އޮތްކަމެއް!“ އައިންތު އިނީ އެ ވާހަކައާ ރުހިގެންނެވެ. އެ ވާހަކަ އަޑު އިވުމުން މި ލޮލަށް ނުފެންނަ މީހާއާ ވެސް އިންނަން ބޭނުން ވާނެ ބަޔަކު އެބަތިބިތޯ ސުވާލު އުފެދުނު މީހަކު ވެސް އެތާ އިނެވެ. އަދި އެމީހެއްގެ ކިޔަމަންތެރިކަމާ މައިންބަފައިންގެ ބަހަށް އިޙުތިރާމް ކުރުމާ އަމިއްލަ ލޯބި ޙާސިލުކުރުމަށް ރަނގަޅު ރީތި މަގެއް ކޮށީތީ އެމީހާގެ އެހެރަ ރީތި އަޚުލާގަށާ ގޮތް ނިންމުމުގައި އެ އަމަލު ކުރި ރީތި ގޮތް ފެނި އެކަމަށްޓަކައި އެ ފަރާތަށް ހިތުގައި ލޯތްބާ ޝުކުރު އޮހެމުން ދިޔަ މީހަކު ވެސް އެތާ އިނެވެ.

”މުސްކާންގެ ކިޔެވުން ކިހާ ހިސާބަކަށް ގޮސްފި! … އަދި ނުނިމޭތަ!“ ތަނަށް އައި ކުޑަ ހިމޭން ކަމުގެ ބޭނުން ހިފައި ހައިދަރު މުސްކާންއާ ސުވާލުކުރިއެވެ.

”އަދި ނުނިމޭ!“ ޢާންމު ރާގުގައި ޖަވާބުދެވޭތޯ ބަލަމުން މުސްކާން ގޮނޑިން ތެދުވިއެވެ. އަދި ތެދުވެގެން ސިންކް ކައިރިއަށް ޖެހިލީ އެންމެން ކެއި ތަށިތައް ދޮންނަން ވެގެންނެވެ.

މުސްކާން ގެ ކުރު ޖަވާބުން އިތުރަށް ވާހަކަ ދައްކަން ހައިދަރު ފަސް ޖެހުނެވެ. އެހެންކަމުން މަންމަގެ ކުރިމަތިން ތެދުވެގެން ދާންވެސް އުދަނގޫވި ހައިދަރު ފެންބޯން ގެންގުޅުނު ބިއްލޫރިތަށީގައި ދެއަތުގެ އިނގިލިތަކުން ހިފަހައްޓައިގެން އިރުކޮޅަކު ިއނުމަށްފަހު މަޑު މަޑުން ތެދުވެގެން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. އައިންތު ވެސް މޭޒުމަތީ ހުރިތަށިތައް ނަގައި ސިންކަށް ލުމަށްފަހު ބައެއް އެއްޗެހި ހޫނުކުރަން ޖައްސާފަ ގޮސް ވަނީ ކޮޓަރިއަށެވެ. އެ ވަގުތު އެތާ މުސްކާންއާ ރިހާން އެކަނި ވުމުން މުސްކާން ރިހާންއާ ދިމާއަށް ބަލައިލިއެވެ. މުސްކާންއަށް ހީކުރެވުނު ގޮތަށް ރިހާންގެ މޫނުވެސް ހުރީ މުސްކާންއާ ދިމާއަށެވެ. އެއީ މުސްކާން އެތާ އުޅޭ އަޑު އިވޭތީ ރިހާން ބަލަހައްޓައިގެން އިނީ ކަމަށް މުސްކާން ނިންމިއެވެ. އެ ތުންފަތުގައި ހަރުލާފައިވާ މާނަވީ ހިނިތުން ވުމުގެ މާނަ މުސްކާންއަށް ރޭކާ ލާންފެށީ އަދި ކިރިޔާއެވެ. ރިހާން އިންގޮތުން ދުރުގައި ނުހުރެވިގެން މުސްކާން މަޑު މަޑުން ޖެހިލީ ރިހާންއާ ކައިރިއަށެވެ.

-ނުނިމޭ-

Tags: ވާހަކަމުސްކާން

ގުޅުންހުރި ލިޔުންތައް

ކުރު ވާހަކަ: އިންތިޒާރު

ކުރު ވާހަކަ: އިންތިޒާރު

މެއި 11, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ފަހު ބައި

މެއި 6, 2023
ވާހަކަ: މުސްކާން – ފުރަތަމަ ބައި

ވާހަކަ: މުސްކާން – ނަވާވީސް ވަނަ ބައި

އޭޕްރިލް 26, 2023
ކުރު ވާހަކަ: ޅީދަރި

ކުރު ވާހަކަ: ޅީދަރި

އޭޕްރިލް 19, 2023

Comments 1

  1. Kamana says:
    2 months ago

    Alhey thankolheh dhigukon genesdhin nama

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    0 shares
    Share 0 Tweet 0
  • އިންޑިޔާގެ ކޮޗިންއަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ޖައްސައިފި

    0 shares
    Share 0 Tweet 0
  • ނަޢީމާ މަރައިލުމަށް ބޭނުންކުރި ތޫނު ދެ ހަތިޔާރާއި އެކަން ކުރި މީހުން ލައިގެން ތިބި އަންނައުނު ހޯދައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In