ބޮޑުވަމުންދާވަރަކަށް ތުންފަތުގެ އަސްލުކުލަގެއްލި ހިކިކުރޮޅިވެ ނުވަތަ ކަޅުވެ އޮފުކަންކެނޑި މިކަހަލަ ގޮތްތަކެއްދިމާވަނީ އާއްމުކޮށް ސަމާލުކަން ދޭން ވާ ވަރަށް ނުދެވޭތީއެވެ.
ތުންފަތްކަޅުވުމާއި ގެއްލުން ލިބެން ދިމާވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ އެންމެ މައިގަނޑު ކަންތަކުގެތެރޭގައި އަވީގެ އަލްޓްރާވައިލެޓާ އެލާޖިކްވުމާއި ފެންވަރުދާަށް ލިޕްސްޓިކް ނުވަތަ އެނޫންވެސް ފެންވަރު ދަށް ކޮސްމެޓިކްސް ހިމެނެެއެވެ.
އަދި މީގެ އިތުރުން ދުންފަަތުގެ އިސްތިއުމާލްކުރުމާ ކޮފީއާއިކަޅުސައި މާގިނައިން ބުއިމާއި ފިނިހޫނުމިން ތަފާތުވާ މާހައުލެއްގައި އުޅުމަކީވެސް ތުންފަތް ހިކުމާއި ކަޅުވުމަށް މެދުވެރިވާސަބަބެކެވެ.
ނަމަވެސް ތުންފަތުގެ ރީތިކަމަކީ ވެސް އަނބުރާ ގެނެވިދާނެ އެއްޗެކެވެ.
އެގޮތުން ލުނބޯ އަކީ ފާހަގަ ކޮށްލެވޭ އެއްޗެކެވެ. ލުނބޯގައި ބްލީޗް އެކުލެވިފައިވާތީ ތުންފަތް ސާފުކޮށްލުމަށް މިއީ ވަރަށް ރަނގަޅުގޮތެކެވެ. ހަމައެކަނި ތުންފަތެއްނޫނެވެ. ހަށިގަނޑުގެ ހަމާ ބޮލާ ދަތްތަކަށް ވެސް ގިނަ ފައިދާ ތަކެއް ލިއްބައިދެއެވެ. ލުނބޯގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް ހުންނާތީ އެއީ ރީތިވުމަށް ބޭނުންކުރާ ބިއުޓީ ޕްރޮޑަކްޓްސް އުފެއްދުމުގައި އެންމެ ގިނައިން ބޭނުންކުރާ އެކައްޗެވެ.
ރީތި ލުބޯއެއް ފަޅިކޮށްލާފައި ތުނިކޮށް ފޮއްޗެއް ނަގާށެވެ. އޭގައި ހަކުރުކޮޅެއް ހާކާލައިގެން ކޮންމެ ދުވަހަކުވެސް ތުންފަތުގައި ހާކާލާށެވެ. ކުޑަދުވަސް ކޮޅެއް ވަންދެން ނުވަތަ ބޭނުންވާ ވަރަށް ތުންފަތް ރީތިވަންދެންނެވެ.
މީގެ އިތުރުން ކިއުކަންބާ އާއި މާމުއި އަކީ ވެސް ތުންފަތް ކަޅުވުމާއި ހަންފޮޅުން ހުއްޓުވުމަށް އޮތް ފަރު ވާއެކެވެ.
ކިއުކަންބާ ފޮއްޗަކުން ފަސްމިނިޓްވަންދެން ތުންފަތުގައި ހާކާލާށެވެ. ނުވަތަ ކިއުކަންބާ ޖޫސްކޮޅެއް ހަދައިގެން ތުންފަތުގައި ފަސްމިނިޓެއްހާ އިރުވަންދެން ހާކަމުން ގެންދާށެވެ.މިއީވެސް ގުދުރަތީ ބްލީޗް ނުވަތަ ލައްފިލުވާ އެއްޗަކަށް ވާތީ ތުންފަތް ސާފުކުރުމާ ތުންފަތުގާ ހުންނަ ރީތިކުލައަށް ދިއުމުގެ މަގު ފަހިކޮށްދޭ އެއްޗެކެވެ.