ހުކުރު, ޖޫން 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ފާޑުކިޔުމުން އިސްރާއީލުގެ ދިފާއީ ވަޒީރު މަގާމުން ވަކިކޮށްފި

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
މާރޗް 28, 2023
ދުނިޔެ
0
ފާޑުކިޔުމުން އިސްރާއީލުގެ ދިފާއީ ވަޒީރު މަގާމުން ވަކިކޮށްފި

ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އިސްނަގައިގެން އެ ޤައުމުގެ ޝަރުޢީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ކުރަމުންދާ މަސައްކަތްތައް ހުއްޓައިލުމަށް ގޮވާލުމުން، އެ ޤައުމުގެ ދިފާޢީ ވަޒީރު ޔައޮވް ގަލަންޓް އެ މަޤާމުން ވަކިކޮށްފިއެވެ.

ނަތަންޔާހޫ އަޑީގައި ހުރެގެން އިސްރާޢީލުގެ ޝަރުޢީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ހިންގަމުންދާ މަސައްކަތްތަކަކީ، އެ ޤައުމުގެ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވައިލާ، އޭނާ މަޤާމުން އަޒުލުކުރުމުގެ ފުރުޞަތު ހަނިކުރުމުގެ ބޭނުމުގައި ކުރަމުންދާ މަސައްކަތްތަކެކެވެ.

މި ކަމާ ދެކޮޅަށް އިސްރާޢީލުގެ ޢާންމު ރައްޔިތުން ތެދުވެ، މުޒާހަރާކުރަމުންދާތާ މިހާރު އެތަކެއް ހަފުތާއެއް ވެއްޖެއެވެ. ޖައްބާރު ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރުން އެ އަޑު އަހާފައެއް ނުވެއެވެ. ނަމަވެސް، ޖައްބާރު ނަތަންޔާހޫގެ އަމަލުތަކާ ދެކޮޅަށް އޭނާގެ ސަރުކާރުގައި ދިފާޢީ ވަޒީރު ކަމުގެ މަޤާމު ފުރާ ގަލަންޓް މި ވަނީ ތެދުވެފައެވެ. ޝަރުޢީ ދާއިރާ އިސްލާހުކުރުމަށް ހިންގަމުންދާ މަސައްކަތްތްތަކުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ބުނެ ގަލަންޓް ވަނީ އެ މަސައްކަތްތައް ހުއްޓައިލުމަށް ޖައްބާރު ނަތަންޔާހޫއަށް ގޮވައިލާފައެވެ.

މި ގޮވައިލުމަށް އިޖާބަދިނުމުގެ ގޮތުން ޖައްބާރު ނަތަންޔާހޫ ވަނީ ދިފާޢީ ވަޒީރު ކަމުގެ މަޤާމުން ގަލަންޓް ވަކިކޮށްފައެވެ. އެއާ އެކު، ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އިތުރަށް ހޫނުވިއެވެ. އަދި، މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ ޢަދަދު އިތުރުވެ، ޖައްބާރު ނަތަންޔާހޫގެ ގެ ކައިރިއަށް ވެސް މުޒާހަރާ ކުރާ މީހުން މިހާރު ވަނީ ޖަމާވެފައެވެ. ގަލަންޓް ވަކިކުރުމުން އެ ކަމާ ދެކޮޅަށް އަޑު އުފުލުމަށް 200,000 އަށްވުރެ ގިނަ މީހުން ދަނީ މުޒާހަރާ ކުރަމުންނެވެ.

”ޝަރުޢީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ސަލާމަތީ ބާރުތައް ވެސް މިހާރު ވަނީ ބައިބައިވެފައި. ސިފައިންނާއި ފުލުހުންގެ ތެރޭގައި ވެސް ވަނީ ބައިބައިވުން އުފެދިފައި. މިއީ، އިސްރާޢީލުގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް،“ ގަލަންޓް ބުންޏެވެ.

ދިފާޢީ ވަޒީރުގެ މަޤާމުން ގަލަންޓް ވަކިކުރުމާ އެކު، އިސްރާޢީލުގެ ރައީސް އައިސެކް ހަރްޒޮގް ވެސް މި ވަނީ، ގަލަންޓްގެ ގޮވައިލުން ތަކުރާރުކޮށްފައެވެ. އޭނާ ވެސް ވަނީ ޝަރުޢީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓައިލުމަށް ސަރުކާރަށް ގޮވައިލައްވާފައެވެ. ރައީސް ކަމުގެ މަޤާމުގައި ހަރްޒޮގްގެ އަދާކުރައްވަނީ ރަމްޒީ ދައުރެކެވެ. އެހެންކަމުން، އޭނާގެ ބަސްތަކުގައި މާ ބޮޑު ބުރަދަނެއް ހުރި ކަމަށް ގަބޫލު ނުކުރެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޔަހޫދީ އިސްރާޢީލުގެ މި ވަގުތުގެ ހާލަތާ މެދު، އެ ޤައުމަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ޑިމޮކުރަސީއަކީ އިސްރާޢީލާއި އެމެރިކާއާއި ދެމެދު އޮތް ގުޅުމުގެ މުހިންމު އެއް އަސާސްކަން ފާހަގަކޮށް، ޑިމޮކުރަސީގެ ހަމަތަކާއި އަސާސްތައް އިސްކޮށް، މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ވައިޓް ހައުސްއިން ވަނީ ގޮވައިލާފައެވެ.

ގުޅުންހުރި ލިޔުންތައް

ގަލްފުގެ މެރިޓައިމް ސެކިއުރިޓީ ކޯލިޝަނުން ޔޫއޭއީ ވަކިވެއްޖެ

ގަލްފުގެ މެރިޓައިމް ސެކިއުރިޓީ ކޯލިޝަނުން ޔޫއޭއީ ވަކިވެއްޖެ

ޖޫން 2, 2023
އެމެރިކާއިން ހުށަހެޅި ދިފާއީ ވަޒީރުންގެ ބައްދަލުވުމަށް ޗައިނާ އިން ނޫނެކޭ ބުނެފި

އެމެރިކާއިން ހުށަހެޅި ދިފާއީ ވަޒީރުންގެ ބައްދަލުވުމަށް ޗައިނާ އިން ނޫނެކޭ ބުނެފި

ޖޫން 1, 2023
މޮސްކޯއަށް ދިން ޑްރޯން ހަމަލާއަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދިން ހަމަލާއެއް- ރަޝިޔާ

މޮސްކޯއަށް ދިން ޑްރޯން ހަމަލާއަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދިން ހަމަލާއެއް- ރަޝިޔާ

ޖޫން 1, 2023
އުތުރު ކޮރެއާގެ ޖާސޫސީ ސެޓެލައިޓް ކަނޑަށް ވެއްޓިއްޖެ

އުތުރު ކޮރެއާގެ ޖާސޫސީ ސެޓެލައިޓް ކަނޑަށް ވެއްޓިއްޖެ

ޖޫން 1, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    އަހަރެން ފުނޑާލަން ފަންޑުކުރީ ޒެނީޝާ، އަޑީގައި ފުލުހެއް ވެސް ބައިވެރިވޭ- ހިޝާން

    0 shares
    Share 0 Tweet 0
  • އިންޑިޔާގެ ކޮޗިންއަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ޖައްސައިފި

    0 shares
    Share 0 Tweet 0
  • ނަޢީމާ މަރައިލުމަށް ބޭނުންކުރި ތޫނު ދެ ހަތިޔާރާއި އެކަން ކުރި މީހުން ލައިގެން ތިބި އަންނައުނު ހޯދައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In