ސިނަމާލޭ ބުރިޖަށް އަރާ ސަރަހައްދުގައި ހުންނަ ޓްރެފިކް ލައިޓް ކައިރިން ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެކަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވާކަމަށް މައުލޫމާތު ލިބުނީ ރޭ 2:30 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އެއީ 26 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.