ރާއްޖޭގައި މެޑިކަލް މެރުއާނާ ހުއްދަކުރަންޖެހޭ ކަމަށް ގޮވާލައްވައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ދެއްކެވި ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ހުއްޓުވާފައިނުވާތީ ބައެއް މެންބަރުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނޭ ގޮތަށް ނިޒާމު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ޖާބިރު މިއަދު ވަނީ ރާއްޖޭގައި މެޑިކަލް މެރުއާނާ ހުއްދަކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ޖާބިރުގެ ވާހަކަތައް ރިޔާސަތުން ހުއްޓުވައިފައެއް ނުވެއެވެ.
ޖާބިރުގެ ވާހަކަތަކާ ގުޅިގެން ނިޒާމީ ނުކުތާ ނަންގަވައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވީ ދީނާ ނުގުޅޭ އަދި ދީނާ ފުށޫއަރާ ވާހަކަ ޖާބިރު ދެއްކެވިއިރު ރިޔާސަތުން އެކަން ހުއްޓުވާފައި ނުވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
އެ ނިޒާމީ ނުކުތާ ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް ވިދާޅުވީ މައްސަލައެއްގައި ބަހުސް ކުރާއިރުގައި އޭގައި ހުރި މައްސަލަތަކުގެ ވާހަކަ ދެކެވެންޖެހޭނެ ކަމަށާއި އެއީ އެއްގޮތަކަށް ވެސް ދީނާ ޚިލާފު މައްސަލައެއް ނޫން ކަމަށެވެ.
އެއާއެކު ނިޒާމީ ނުކުތާއެއް ނަންގަވައި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މަސްތުވާތަކެތީގެ ވާހަކަ ޕްރޮމޯޓް ކުރުމަކީ ދީނީ ގޮތުން ރަނގަޅު ކަމެއް ނޫން ކަމަށެވެ.
އެ ގޮތުން ޢަފީފް ވިދާޅުވީ ދީނީ މައްސަލައިގައި ބަހުސްކުރެވޭކަށް ނޯންނާނެ ކަމަށާއި މަޖިލީހަކީ ދީނީ ބަހުސްކުރާ ތަނެއް ނޫން ކަމަށެވެ.
ހަސަންއަފީފަކީ ގުންޑާނަޝީދު ބުނާގޮތަކަށް ގައުމު ހަލާކުރަާ މަޖިލިސް ހިންގާ މީހެއް ހެޔޮނުވާނެ ތިމަޖިލީހުގެ ތިބޭމީހުންގެ ނަމުގެ ކުރިއަށް އިއްޒަތްތެރި މެމްބަރު ގެ ނަމުން މުޚާތްބު ކިރަންވެސް