އިންޑިއާގެ ބޯޖްޕޫރީގެ މޮޑެލް އަދި ފިލްމީ ތަރި އަކަންކްޝާ ޑޫބޭ އަމިއްލައަށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އެގައުމުގެ މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި މީނާ އަމިއްލައަށް މަރުވެފައި އޮއްވާ ފެނިފައިވަނީ އުއްތަރް ޕްރަދޭޝްގެ ވަރަނަސިގެ ހޮޓެލް އެއްގައި ކަމަށެވެ.
އެގޮތުން އަކަންކްޝާ ހުރީ ވަރަނަސިގެ ހޮޓެލެއް ކަމަށްވާ ސައުމެންދްރާ އިން ސާނަތް ގައި ފިލްމެއްގެ ޝޫޓިން އަކަށް ގޮސްފައި ކަމަށާއި ފުލުހުން އަށް ހަބަރު ލިބުނީ އަމިއްލައަށް ދަންޖެހިގެން މަރުވެފައިވާ ކަމަށް ބުނެ ކަމަށެވެ.
އަދި މި މައްސަލަ އަންނަނީ ބަދަލަމުން ކަމަށާއި މި މައްސަލަ އަށް ބާރުދޭ ހެކިތަކެއް މި ވަގުތު ހޯދާފައިވާ ކަމަށާއި އަކަންކްޝާ ވަނީ އަމިއްލަ އަށް މަރުވެފައިތޯ ނުވަތަ ބަޔަކު މަރާލާފައިތޯ ބުނަން އެނގޭނީ މައްސަލަ ތަހުގީގުކޮށް ނިމުމަށް ފަހުގައި ކަމަށް ވެސް ފުލުހުން އާއި ހަވާލާދީ މީޑިއާ އިން ވަނީ ހާމަކޮށްފައެވެ.