ތަރާވީހް ނަމާދުގައި ޤުރްއާން ޚަތިމުކުރުމަކީ ކޮންމެހެން އޮންނަ ކަމެއް ނޫން ކަމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން މި އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ގެނެސްދޭ ”މޫރިތި މަސް“ ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މައުމޫން ވިދާޅުވީ ރަމަޟާންމަހުގެ ރޭތަކުގައި ޤުރްއާން އެއްކޮޅުން އަނެއްކޮޅަށް ކިޔަވައި ނިންމަންޖެހޭނެ ކަމަކަށް އޮންނަ އެއްވެސް ދަލީލެއް ފެނިފައެއް ނެތް ކަމަށެވެ.
”ދަލީލެއް ފެނިފައެއް ނެތް ޤުރްއާނަކުން ވެސް ސުންނަތަކުން ވެސް ރަމަޟާންމަހުގެ ރޭތަކުގައި ޤުރްއާން އެއްކޮޅުން އަނެއްކޮޅަށް ކިޔަވައި ނިންމަންޖެހޭނެ ކަމަކަށް.“
މައުމޫން ވިދާޅުވީ ޚަތިމުކުރުމަކީ ވަކި ސުންނަތެއް ވެސް ނޫން ކަމަށާއި އެއީ އޮތްކަމެއް ނޫން ކަމަށެވެ.
”ތިޔަބައިމީހުންނަށް ފަސޭހަވީ ތަނެއް ޤުރްއާނުން ކިޔަވާށޭ އަންގަވާފަ އޮންނަނީ.“
”އެހެންވީމަ ކޮންމެހެން ކީރިތިޤުރްއާން ފެށުނީއްސުރެ ނިމެންދެން ކިޔަވާށެކޭ އެއްވެސް ތާކު އަންގަވާފައެއްނުވޭ. އަޅުގަނޑުމެން ދެން އެކަން ކުރަނީ އެކަން ކުރީމަ ގިނައިން ސަވާބު ހާސިލުވާނެކަމަށް ބަލާފަ. ދެން އެއީ ރަނގަޅުކަމެއް. އެހެންނަމަވެސް އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ނޫން.“
މީގެއިތުރުން މައުމޫނު ވިދާޅުވީ އަޅުކަންތަކަށް ވަކި ޚާއްސަ ވަގުތެއް އޮންނާނެ ކަމަށާއި ރޯދައަށް ހުންނަންޏާ އެއީ ފަޖުރުލީއްސުރެ އިރު އޮއްސިއުމަށް ދާންދެން ކަމަށާއި ނަމާދުކުރާ ވަގުތުވިއްޔާ އެ ނަމާދެއް ކުރާ ވަގުތު ކަމަށެވެ. އަދި އެ ނޫން ވަގުތުތަކުގައި އެ މީހާގެ ދިރިއުޅުން ކުރިއަށް ގެންދަން މަސައްކަތް ކުރުމަކީ ވާޖިބެއް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
މާލޭގެ ފުރުގާން މިސްކިތުގައި ތަރާވީސް ނަމާދު ކުރުމުގައިވެސް ހަތިމްކުރަނީ އަދިދަމުނަމާދުގައި ވެސްހަތިމްކުރަން ހިފާފައި ހުންނަނީ ފުގާންމިސްކިތުގައި ނަމާދުކުރާ ބައެއްމީހުންގެ ސަބަބުން ވަރަށް ދަތި އުނދަގުލެއް ވޭ
އަސްލު ފަހަކައް އައިސް މައުމޫނު ދައްކާ ވާހަކަ އަޑުއަހަންވެސް އުނދަގޫ ގިނަދަންނަ ބޭކަލުން ވިދާޅުވާ ވާހަކަޔާ މައުމޫނު ދައްކާ ވާހަކަ ދިމާ ނުވޭ ވަކިގަޑިޔެއްގައި ވަކި ބަޔަކު އުފާކުރުވަން ރުއްސަން އަމިއްލަހިތަކައް ކިޔާލަނީ ކަމައް ގިނަބަޔަކު ބުނަނީ އަދި އެވާހަކަ އެހެން ދިމާވެސް ވާކަމައް މީހުން ބުނަނީ
މިހާރު ގިނަވެގެން މިއުޅޭ ބޯގޯސް ސޭހުންނަށް ހީވަނީ ދީނުގެ ކަންކަން އޮބިނޯންނަވަރަށް އިތުރުކޮށް ހަރުކަށި ކުރުމަކީ އެމީހުންގެ ދަރަޖަ އިތުރުވާ ކަމެކޭ