ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ހައްޔަރުކުރި ދެ މީހަކު ދޫކޮށްލައިފިއެވެ.
ހުޅުމާލޭގައި މިދިޔަ ހޯމަ ދުވަހުގެރޭ އަންހެނުންގެ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާއަށްފަހު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މޮޓޯކޭޑްގައި ޕީޕީއެމްގެ އޮފީސް ދޮރުމަތިން ވަޑައިގެންނެވި ވަގުތަކީ އިދިކޮޅު ކޯލިޝަނުން އެ ރޭގައި ކުރި މުޒާހަރާ ނިންމައިލުމަށްފަހު މުޒާހަރާގެ ބައިވެރިން އޮފީސް ދޮށަށް ޖަމާވި ވަގުތެވެ.
ެއެވަގުތު އިދިކޮޅުގެ އެކްޓިވިސްޓުންތަކެއް ވަނީ މޮޓޯކޭޑް ކުރިއަށްދިޔަ ނުދީ ހުރަސްއަޅައިފައެވެ.
މި މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި ތިން ފިރިހެނުންނާއި އަންހެނެކެވެ.
އޭގެތެރެއިން ދެ ފިރިހެނެއްގެ ބަންދަށް 15 ދުވަަސް ޖަހާފައިވާއިރު, ދެން ތިބި ދެ މީހުންގެ ބަންދަށް ޖެހީ 5 ދުވަހެވެ.
މަރްޔަމް މާޝާއާއި އަޙްމަދު ސިނާނަށް ޖެހި 5 ދުވަހުގެ މުއްދަތު ހަމަވުމުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އެ ގޮތުން ކޯޓުން ވަނީ ޝަރުތުކުރުމަށްފަހު އެ ދެ މީހުން ބަންދުން ދޫކޮށްލައިފައެވެ.
މި މައްސަލައިގައި މި މަހުގެ 24 ވަނަ ދުވަހު ހައްޔަރުކުރި ފިރިހެނެއްގެ ބަންދަށް 5 ދުވަސް ޖަހާފައިވާއިރު އެ މުއްދަތު އަދި ހަމައެއް ނުވެއެވެ.